ބާސެލޯނާއަށް ލީގު ހޯދުމުގެ ފުރުސަތު ލިބުނީ ލީގުގުގެ ކުރީކޮޅު ރެއާލްއަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުން- ޒިދާން

ބާސެލޯނާއަށް ސްޕެނިޝްލީގު ހޯދުމުގެ ފުރުސަތު ލިބުނީ ލީގުގުގެ ކުރީކޮޅު ރެއާލްއަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުންކަމަށް ރެއާލްމެޑްރިޑްގެ ކޯޗް ޒިދާން ބުނެފިއެވެ.

ފުރަތަމަ 11 ގައި ނުހިމެނޭ 10 ކުޅުންތެރީން ހިމަނައިގެން 2 -1 ން ރޭ  ލެގަނޭސް ބަލިކުރި މެޗަށްފަހު ޒިދާންބުނީ ސީޒަންގެ ކުރީކޮޅަށްވުރެ ރެއާލްމެޑްރިޑްގެ ހާލަތު މިހާރު ރަގަޅުކަމަށާ ކުޅުންވެސް  މާބޮޑަށް ރަގަޅުކަމަށެވެ.

ރޭ ލެގަނޭސް އާއި ރެއާލްމެޑްރިޑް ބައްދަލުކުރިމެޗްގެ 8 ވަނަ މިނިޓްގައި ބޭލް ކާމިޔާބުކޮށްދިން  ލަނޑަކާއެކު މެޗްގެ ފުރަތަމަ ދިހަމިނިޓްގެ ތެރޭގައި ރެއާލްއިން ލީޑު ނެގިއިރު ފުރަތަމަ ހާފްގެ ފަހުވަގުތުގައި ރެއާލްއަށް ލީޑު ފުޅާކޮށްދިނީ ބޯޖާ މަޔަރޯލްއެވެ.

ރޭގެ މެޗްގައި ލެގަނޭސް އިން ކާމިޔާބުކުރި ލަނޑު ދެވަނަ ހާފްގައި ލެގަނޭސްއަށް ކާމިޔާބުކޮށްދިނީ ޑާކޯ ބްރޭސްނެކް އެވެ.

ރޭގެ މެޗްގައި ރެއާލްމެޑްރިޑްގެ ކުޅުންތެރީން ކުޅުނު ކުޅުމާއިމެދު ހިތްހަމަޖެހިފައިހުރި ޒިދާންބުނީ އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ބަޔާންމިއުނިކާއި ދެކޮޅަށް ނިކުންނަ މެޗަކީ މުޅިއަހަރުގައިވެސް ރެއާލްމެޑްރިޑް ކުޅެންޖެހޭ އެންމެ މުހިއްމު އެއްމެޗްކަމަށާ އެމެޗަށް ނިކުންނަނީ ފުރަތަމަ ލެގްގައި ލިބިފައިވާ ނަތީޖާ ދިފާއުކުރުމުގެ އަޒުމުގައި ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތް: މިރޭ ފައިނަލްމެޗް ކުޅެވޭނެ

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗް މިރޭ ކުޅެވޭނެއެވެ. މިރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު ކުޅުމަށް ...

49 އަހަރުގެ ރެކޯޑް ލެވަންޑޯސްކީ މުގުރާލައިފި

1972 ވަނަ އަހަރު ޖަރުމަނުގެ ބުންޑަސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ކުރީގެ ޖަރުމަނު ...

ރެއާލްގެ ކޯޗަކަށް ންޗެލޮޓީ

އެވަޓަން ދޫކޮށްލައި ރެއާލް މެޑްރިޑްގެ ކޯޗްކަމާ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ހަވާލްވެއްޖެވެ. އަންޗެލޮޓީ އެވަޓަނުގެ ކޯޗުގެ މަގާމާ ...