މޯލްޑިވިއަން އައިޑަލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފައިނަލްގައި ވާދަކުރުމުގެ ފުރުޞަތު 5 ބައިވެރިންނަށް ދީފިއެވެ

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ފައިނަލަށް ދަތުރުކުރާނެ ބައިވެރިން އިޢުލާންކުރުމަށް ރޭ ބޭއްވި އެންމެ ފަހު އެލިމިނޭޝަން  ޝޯވ ނިމިގެންދިޔައީ ގިނަބަޔަކު އުއްމީދުކުރި ގޮތާ ޚިލާފަށް، ގަދަ 5 ގައި ވާދަކުރި އެއްވެސް ބައިވެރިއަކު މުބާރާތުން ވަކިނުވެ ފައިނަލަށް ހޮވިގެންނެވެ.

އައިޑަލް ސީޒަން ތިނެއްގެ ފައިނަލްގައި ޕަރފޯމްކުރުމުގެ ފުރުޞަތު 5 ބައިވެރިންނަށްވެސް ދީފައިވާއިރު، ފައިނަލްގައި  މި ބައިވެރިންނަށް ޕޮއިންޓް ދިނުމުގައި މި ހަފްތާގެ ޝޯއަށް ބެލުންތެރިން ފޮނުވި އެސް.އެމް.އެސްއާއި ޖަޖުންގެ ފަރާތުން ބައިވެރިންނަށް ލިބުނު މާކްސްތައްވެސް ގުނުމަށް ވަނީ ހަމަޖެހިފައެވެ.

ވާދަވެރި ހުށައެޅުންތަކަކަށްފަހު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލަށް ވާދަކުރާ 5 ބައިވެރިންނަކީ: އައިޝަތު އަޒަލް އަލީ ޒާހިރު، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް އަދި ނައުޝާދު ޢަބްދުލްލަތީފެވެ.

ކުރީގެ ޝޯތަކާއި ހިލާފަށް ގާލާ ރައުންޑުގެ އެންމެފަހު ޝޯވ 2 ތީމަކަށް ޙާއްސަކޮށްފައިވާއިރު، ގަދަ 5 ބައިވެރިންގެ ތެރެއިން ކޮންމެ ބައިވެރިއެއްގެ ފަރާތުންވެސް ދެ ސޯލޯ ޕަރފޯމަންސް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން އެންމެ ފުރަތަމަ ލަވަ ހުށައަޅައިދީފައިވަނީ “ފޭންސް ޗޮއިސް” މި ތީމަށެވެ. އަދި ޝޯގެ ދެވަނަ ތީމް “ދަ ސޯންގް ދެޓް އިންސްޕަޔަރޑް މީ” އަށް ޙާއްސަކޮށްފައިވާއިރު، ހުރިހާ ބައިވެރިންގެ ފަރާތުންވެސް ވަނީ ފޯރިގަދަ ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ.

އައިޑަލް ސީޒަން ތިނެއްގެ އެންމެ ފަހު އެލިމިނޭޝަން ނައިޓް “ޑުއެޓް ވިތް ޕާސްޓް އައިޑަލްސް” މި ތީމަށް ހާއްސަކޮށްފައިވާއިރު، ކޮންމެ ބައިވެރިއަކުވެސް ވަނީ އައިޑަލްގެ ފާއިތުވި 2 ސީޒަންގައި ވިދާލި ތަރިންނާއެކު ޑުއެޓް ޕަރފޯމަންސްއެއް ހުށައަޅާދީފައެވެ.

އެގޮތުން ތަސްލީމް ޢަބްދުލްކަރީމް ލަވަ ހުށައަޅާފައިވަނީ އައިޑަލް ސީޒަން އެކެއްގެ ގަދަ ފަހެއްގައި ވާދަކުރި ޢަބްދުﷲ ފާލިޙް ޢާދަމްއާއެކުއެވެ. އައިޝަތު އަޒަލް އަލީ ޒާހިރު ޕަރފޯމްކޮށްފައިވަނީ އައިޑަލް ސީޒަން އެކެއްގެ ތިންވަނަ ހާސިލްކުރި މުޙައްމަދު އިޝާންއާއެކުއެވެ. އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު އައިޑަލް ސީޒަން ދޭއްގެ ރަނައަޕް ހަމޫދު އަޙްމަދާއެކު ލަވަ ހުށައަޅާދިންއިރު، މަރިޔަމް މައިޝާ ލަވަ ހުށައަޅާދީފައިވަނީ އައިޑަލްގެ ފުރަތަމަ ސީޒަނުން ވިދާލި އަޙްމަދު ނަޒީޙުއާއެކުއެވެ. އަދި ނައުޝާދު ޢަބްދުލްލަތީފް ޕަރފޯމްކޮށްފައިވަނީ އައިޑަލް ސީޒަން ދޭއްގެ ތިންވަނަ ހާސިލްކުރި ޝަމްވީލް މުޙައްމަދާއެކުއެވެ.

ރޭގެ އެލިމިނޭޝަން ނައިޓާއެކު ގާލާ ރައުންޑްގެ ޝޯވތައް މިހާރުވަނީ ނިމިފައެވެ. ކުރިއަށްދެން އޮންނާނީ އައިޑަލްގެ މިފަހަރުގެ ސީޒަންގެ ޓައިޓަލް ހާސިލްކުރާނެ ބައިވެރިއަކު ހޮވުމަށް ބާއްވާ ފައިނަލް ޝޯވއެވެ.  މި ޝޯވ އޮންނާނީ އަންނަ މެއި މަހުގެ 11 ވާ ހުކުރު ދުވަހުގެ ރެއެވެ. އަދި ނަތީޖާ ފާޅުކުރުން އޮންނާނީ މެއި 12 ވާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޝޯވގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ޓައިގާ ޒިންދާހޭ” 500 ކްރޯޑް ކުލަބަށް

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ‘ޓައިގާ ޒިންދާހޭ’ 500 ކްރޯޑް ކްލަބާ ގާތަށް ޖެހިލައިފިއެވެ. ބޮލީވުޑްގައި ...

ވަގުތު ޖެހުމުން ލޯބިވެރިޔަކު ހުންނާނެ: ކެޓްރީނާ

ކޮންމެ ކަމަކަށްވެސް ވަކި ވަގުތެއް އޮންނަ ފަދައިން ލޯބިވެރިޔަކު ލިބި ގުޅުމެއް ފަށަން ވަގުތު ޖެހުމުން އެކަން ކުރާނެ ...

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް އަޒަލް ކާމިޔާބުކޮށްފި

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް އައިޝަތު އަޒަލް ޢަލީ ޒާހިރު ޙާސިލްކޮށްފިއެވެ. މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަންގެ ...