އިންތިޚާބަށް ހޭލުންތެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހުޅުމީދޫގައި ބާއްވައިފި

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ހުޅުމީދޫގައި  ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ސ. އަތޮޅުމަދަރުސާގައި  ކުރިއަށް ގެންދިޔަ މިސެޝަންގައި 60 ވުރެ ގިނަ މީހުންނަށް އިންތިޚާބާއިބެހޭ މަޢުލޫމާތު ދީފައިވެއެވެ.

ހުޅުމީދޫގެ އިތުރަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދެވުނު މިތަމްރީން ޕްރޮގްރާމްތައް  ހިތަދޫއާއި ފޭދޫއާއި މަރަދޫއާއި އަދި  މަރަދޫ ފޭދޫގައިވެސް ވަނީ ބާއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔަ  މިޓްރެއިނިން ޕްރޮގްރާމްތައް ބާއްވާފައިވަނީ  އައްޑޫ ސިޓީ ކައުންސިލާއި ފުލުހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަޙްމަދު އަކްރަމް ވިދާޅުވީ އައްޑޫގައި އިލެކްޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން މިފަހަރުގެ ޕްރޮގްރާމަކީ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލިސް ރައީސް ނަޝީދު އިންތިޚާބީ ރައީސް ޑރ. މުއިއްޒާއި ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި ...

ފައިނުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކޮށްފި

ފައިނުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރު ފައިނު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ...

ކޯވިޑް-ޖެހުނު އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން އިތުރު 3 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވި ...