މެޑަމް ފާތުންނާއެކު ފުވައްމުލަކުގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވާ ޕީފީއެމްގެ ވަރަށް ހާއްސަ ޖަލްސާ އެއް ފުވައްމުލަކުގައި ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ފުވައްމުލަކު ބަނދަރު ސަރަހައްދުގައެވެ.

މެޑަމް ފާތުންގެ އިތުރުން މިޖަލްސާގައި ބައެއް މަޖިލިސް މެންބަރުނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ދާދިފަހުން ވަނީ ލ.ގަން އަދި ތ.އަތޮޅު ވޭމަންޑޫގައި ވެސް ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވީ މެޑަމް ފާތުން އެވެ.

ރިޔާސީ އިންތިހާބަށް ވެރިކަން ކުރާ ޕާޓީގެ ހަރަކާތް ތަށް ވަރުގަދަ ކޮއްފައިވާއިރު މެޑަމް ފާތުން މިހާރު ގެންދަވަނީ ކޮންމެ ހަފްތާ ބަންދެއްގައި އަތޮޅުތެރެއަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

މެޑަމް ފާތުންނަކީ ދިވެހި ތާރީޚް ދުށް ހިންގުންތެރި މަހާރެހެންދިއެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – ރާއްޖެއިން އިތުރު 68 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް ރާއްޖެ އިން އިތުރު 68 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއަދު 18:00 އާއި ހަމައަށް ...

އައްްޑޫގައި ހަތިޔާރާއެކު ސިފައިންގެ ފަސް މަހުގެ ތަމްރީނެއް ފަށައިފި

ތަމްރީނުތަކެއް ހެދުމަށް ފަސް މަސް ދުވަހަށް އައްޑޫގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ...

ސ. ހުޅުމީދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ކޮވިޑާ ގުޅިގެން ސ. ހުޅުމީދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހުޅުމީދޫ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް ކޭސްތައް ...