4 ލަނޑު 2 ލަނޑުން ލިވަޕޫލްއަތުން ރޯމާ މޮޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.

ލިވަޕޫލަށް ފައިނަލުން ޖާގަލިބުނީ  ސެމީ ފައިނަލުގެ ދެ ވަނަ ލެގުން މިރޭ ރޯމާ އަތުން 2-4 އިން ބަލިވެ، ދެ ލެގުގެ އެގްރިގޭޓުން 6-7 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 2 ލަނޑުންނެވެ.

މިއީ 2007 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް އިނގިރޭސި ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މުބާރާތުގެ ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ. ރެއާލް އަކީ ފާއިތުވި ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެވެ.

ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު : އައިއެސްއޭ ވޮލީ މުބާރާތް 2018

ތިރީގައިވާ ފޮޓޯ ތަކަކީ މިހާރު މީދޫގައި ހިގަމުންދާ އައިއެސްއޭ ވޮލީ މުބާރާތް 2018 ގައި މީހާތަނަށް ކުޅެވުނު ދެމެޗްގެ ...

ފްރާންސުން ދެވަނަ ފަހަރަށް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ފްރާންސް ވޯލްޑްކަޕް 2018 ގެ ޗެމްޕިއަންކަން ހޯދީ މިރޭ  ރަޝިއާގެ ލުޒްނީކީ ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕްގެ ...

ފޮޓޯއިން ޚަބަރު: މީދޫ ބޮޑުމަގު ހެދުމުގެ މަސައްކަތް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ބޮޑުމަގުގެ ދެކުނު ކޮޅުން ރޯސްވާދީން ފެށިގެން ކޯގަންނު ގަބުރުސްތާނުގެ އުތުރު ...