• Categories
  • Archives

ހިތަދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

މިއަދު ހަވީރު ކުޅެވުނު މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ މެޗުގައި ހިތަދޫ ސްކޫލް 1-0 އިން ބަލިކޮށް އަތޮޅުމަދަރުސާގެ ޓީމް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފި އެވެ.

ހިތަދޫ ސްކޫލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފޯރިނަގަމުން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ހިތަދޫ ސްކޫލްޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

އަތޮޅުމަދަރުސާޓީމް މިމެޗުން މޮޅުވި ލަނޑު މެޗް ނިމެން 5 މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރަޔަންއެވެ.

އަތޮޅުމަދަރުސާޓީމަށް ލިބުނު މިޕެނަލްޓީއަކީ އެޓީމުގެ ސަހާފް ހިތަދޫސްކޫލް ޓީމުގެ ހާފްގެ މެދަކާ ހިސާބުން ހިތަދޫ ސްކޫލްގެ 4 ކުޅުންތެރީން ކަޓުވާލުމަށްފަހު އެޓީމުގެ ޕެނަލްޓީއޭރިއާގެތެރެއަށްވަދެ ބޯޅަ ގޯލަށް ފޮނުވާލަން އުޅުމުގެތެރޭގައި ހިތަދޫ ސްކޫލް ޓީމުގެ ކުޅުންތެރިއަކު ސަހާފް ވައްޓާލުމުން ލިބުނު ޕެނަލްޓީއަކުން ރަޔަން ކާމިޔާބުކޮށް ދިން ލަނޑެކެވެ.

މި ޕެނަލްޓީގައި ރަޔަން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކޮށް ފޮނުވާލުމުންވެސް އަލުން ބޯޅަ ލިބުނީ ރަޔަންއަށެވެ. ރަޔަންއަށް ބޯޅަ ލިބުނުމުން ކީޕަރު ކަޓުވާލުމަށްފަހު ރަޔަންވަނީ ބޯޅަ ގޯލްތެރެއަށް ފޮނުވާލާފައެވެ.

ފަސްޓީމު ވާދަކުރި މިމުބާރާތުގެ ފައިނަލަށް އަތޮޅުމަދަރުސާ ހޮވިފައިވަނީ އެޓީމު ކުޅުނު 4 މެޗުން 7 ޕޮއިންޓް ލިބިގެން ޕޮއިންޓް ޓޭބަލްގެ 2 ވަނަ ޓީމްގެ ގޮތުގައެވެ. މިމުބާރާތުގެ ފައިނަލަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޓީމެއްގެ ގޮތުގައި 8 ޕޮއިންްޓް ލިބިގެން ހޮވިފައިވަނީ ޝަރަފުއްދީން ސްކޫލެވެ.

ޝަރަފުއްދީން ސްކޫލާއި އަތޮޅުމަދަރުސާގެ ޓީމް މިމުބާރާތް ފެށުމުގެ ގޮތުން  ބައްދަލުކުރި މެޗް ނިމިފައިވަނީ  3 ލަނޑު 3 ލަނޑު ދެޓީމް އެއްވަރުވެގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޝަންގްރިއްލާ ޓީމް ސެމީފައިނަލަށް- ސެމީފައިނަލްގެ ދެމެޗްވެސް މިރޭ ކުޅެވޭނެ

ބެސްޓް ފުޓްސަލް މުބާރާތް 2018 ގެ ސެމީފަނަލަށް ޝަންގްރިއްލާ ޓީމް ހޮވިއްޖެވެ. ޝަންގްރިއްލާޓީމް ސެމީފައިނަލަށް ހޮވުނީ  ރޭ ކުޅެވުނު ...

އައިއެސްއޭ ވޮލީމުބާރާތުގެ ފައިނަލުން ޓީމްލެއްޗޭ އާއި ޓޫސިސްޓަރ ޖާގަ ހޯދައިފި

އައިއެސްއޭ ވޮލީ މުބާރާތް 2018 ގެ ފައިނަލުން ޓީމް ލެއްޗޭއާއި ޓޫ ސިސްޓަރ ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ...

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ޓަފްސިކް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

Advertisement އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ޓަފްސިކް ކުޅުނު ދެވަނަމެޗްވެސް ކާމިޔާބުކޮށްފިއެވެ. ...

ދާދުގެ 4 ލަނޑާއެކު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންގެ މައްޗަށް ރާއްޖެ ކުރިހޯދައިފި

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗްގައި ބޫޓާނާއި ދެކޮޅަށް ރޭ ރާއްޖޭގެ ގައުމީޓީމު ކުޅުނު މެޗް 7 ލަނޑު ...

ސަރުކާރުން އެއްވެސް އަމިއްލަ އެޖެންޑާއެއް ނުގެންގުޅޭ- އެކްޓިންގ ޔޫތު މިސްޓަރ އަލީވަހީދު

ފުޓްބޯޅައަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން އެއްވެސް އަމިއްލަ އެޖެންޑާއެއް ނުގެންގުޅޭކަމަށް އެކްޓިންގ ޔޫތު މިސްޓަރ އަލީވަހީދު ވިދާޅުވެއްޖެވެ. ...

ޝަމްސުއްދީން ސްކޫލާއި ފޭދޫ ސްކޫލްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޝަމްސުއްދީން ސްކޫލްގެ 14 އަހަރުން ދަށުގެޓީމް ކުޅުނުމެޗް އެއްވަރުވެގެން ނިމިއްޖެވެ. ...