އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރު ފުރާގެ ފައިނަލަށް  ޝަރަފުއްދީން ސްކޫލް ދަތުރުކޮށްފިއެވެ.

ޝަރަފުއްދީން ސްކޫލް ފައިނަލަށް ހޮވުނީ ހިތަދޫ ސްޓޭޑިއަމްގައި އިއްޔެ ހަވީރު އިރުޝާދިއްޔާއާއި ޝަރަފުއްދީން ބައްދަލުކޮށް ކުޅުނު މެޗް 4 ލަނޑު 3 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

5 ޓީމް ވާދަކުރާ 16 އަހަރުން ދަށުގެ އުމުރު ފުރައިގެ ފަނައިނަލަށް ޝަރަފުއްދީން ސްކޫލް ހޮވިފައިމިވަނީ އެޓީމު ކުޅުނު 4 މެޗުން 8 ޕޮއިންޓް ލިބިގެން ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޓީމުގެ  ގޮތުގައެވެ.

16 އަހަރުން ދަށުގެ އުމުރު ފުރައިގެ ފަނައިނަލުގައި ޝަރަފުއްދީން ސްކޫލާއި ބައްދަލުކުރެ ޓީމެއް ކަށަވަރުވާނީ  މިއަދު ހަވީރު ހިތަދޫ ސްކޫލްގެ ޓީމާއި އަތޮޅުމަދަރުސާ ބައްދަލުކުރާމެޗްގެ ނަތީޖާ ނިކުންނަގޮތަކުންނެވެ.

3 މެޗުން 4 ޕޮއިންޓް ލިބިފައިވާ މިދެޓީމުންކުރެ ކޮންމެ ޓީމެއް މޮޅުވިޔަސް ޝަރަފުއްދީން ސްކޫލާއި ފައިނަލްގައި ބައްދަލުކުރާނީ މޮޅުވާ ޓީމެކެވެ.  މިއަދު ގެ މިއަދުގެ މެޗް އެއްވަރުވެގެން ނިމިއްޖެނަމަ ފައިނަލަށް ހޮވޭނީ 4 މެޗުން 6 ޕޮއިންޓް ލިބިފައިވާ ފޭދޫ ސްކޫލްގެ ޓީމެވެ.

މިމުބާރާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރާގައި އިއްޔެ މެންދުރު ކުޅެވުނު މެޗްވެސް ކާމިޔާބުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލްގެ ޓީމެވެ. ޝަރަފުއްދީން ސްކޫލްގެ ޓީމު މިމެޗް ކާމިޔާބުކޮށްފައިވަނީ ހުޅުދޫ ސްކޫލްގެ ޓީމާ ވާދަކޮށް 4 ލަނޑު 2 ލަނޑުންނެވެ.

މިމެޗުން ޝަރަފުއްދީން ސްކޫލްގެ ޓީމު މޮޅުވުމުން އެޓީމުވެސްވަނީ 14 އަހަރުން ދަށުގެ އުމުރުފުރައިގެ ފައިނަލަށް ހޮވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީއެސްޖީ އަތުން މޮޅުވެ ބާސެލޯނާ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީއާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ...

ބެސްޓް ފުޓްސަލް މުބާރާތް 2018: ޝަންގްރިއްލާއާއި ޑީއެފްސީގެ ކުރިމަތިލުން އެއްވަރު

ހުޅުމީދޫ ޕޮލިސް ދަނޑުގައި މިހާރު ކުރިއަށްދާ ބެސްޓް ފުޓްސެލް މުބާރާތް 2018 ގައި ރޭ ކުޅުނު ފުރަތަމަ މެޗް ...

އުރީދޫ ސާފް ޗެމްޕިއަންޝިޕް : ބަގްލާދޭޝް ބަލިކޮށް ދިވެހިޓީމް އުއްމީދު އާކޮށްފި

ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައި، ދިވެހި ޓީމުން އުންމީދު އާކޮށްފި އެވެ. އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝްއާއި ...