ފުޓުބޯޅަ ފޯރީގެ ނަމުގައި އުރީދޫއިން ވަރަށް ތަފާތު ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި

“ފުޓުބޯޅަ ފޯރި” ގެ ނަމުގައި އުރީދޫއިން ވަރަށް ތަފާތު ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފިއެވެ. ހިލޭ ޑައުންލޯޑް ކުރެވޭ މި ސްޓިކަރ ޕެކަކީ އުރީދޫއިން ވައިބަރ އަށް ޚާއްސަކޮށްގެން ނެރުނު ތިންވަނަ ސްޓިކަރ ޕެކެވެ.

މި ސްޓިކަރ ޕެކާއި ބެހޭގޮތުން ނެރުނު ނޫސްބަޔާނުގައި އުރީދޫއިން ބުނީ، މިފަހަރުގެ ސްޓިކަރ ޕެކްގައި ހިމަނާފައިވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފުޓުބޯޅަޔާ ގުޅުން ހުރި ގޮވެލިތައް ކަމަށެވެ. އެގޮތުން ދިވެހި ބަހުން ފަރުމާކޮށްފައިވާ އެ ސްޓިކަރ ޕެކުގައި “ގޯލް”، “ކުޅެން ދާން”، “ފައިބާ”، “އަދި ޖަހާނެ”، “ތަށި ނަގާނެ މިފަހަރު” އަދި “ބޮޑު ބޯޅަ” ފަދަ ލަފުޒުތައް ހިމެނެއެވެ.

އުރީދޫއިން ބުނީ މަގްބޫލު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ބަހުރުވަޔާއި، އާދަކާދަތަކާއި، ދިވެހިންނާއި ގުޅުންހުރި ތަފާތު ކޮންޓެންޓް ހިމެނުމަށް އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދެމުންދާ ކަމަށެވެ.

އުރީދޫއިން ދާދި ފަހުން އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އުރީދޫ ނެކްސްޓްގެ ނަމުން ނަންދީފައިވާ މި ޕެލްޓްފޯމް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރ ފަދަ އެޕްލިކޭޝަންތަކުގައި އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިތުރުކޮށްފި

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް މީގެ ކުރީން ސިޓީ ކައުންސިލުން ނިންމާފައިވާ ...

އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި

އުރީދޫއިން އަލަށް ތައާރަފު ކޮށްފައިވާ ޕޯސްޓްޕެއިޑް ޕެކޭޖުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. އުރީދޫގެ ...

ބީއެމްއެލްގެ “ފެހި ޕްރޮޖެކްޓް” އަށް ހޮވި ރަށްތައް އިއުލާންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ޖޫން މަހު އިފްތިތާހުކުރި ފެހި ޕްރޮޖެކްޓް ލިބޭ ރަށްތައް އިއުލާންކޮށްފި ...