އުއްތަމަ ފަނޑިޔާރު 4 މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އެންގެވިކަން ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ވަނީ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުފުލައިފަ އެވެ. އެ ދައުވާ ސާބިތުކުރުމަށް އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ގިނަ ސިއްރު ހެކިތަކެއް ވަނީ ހުށަހަޅާފައެވެ.
މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ކުރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވިިއިރު 10 ދުވަސް ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެއެވެ.

ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރަށް ކޮށްފައިވާ ޖަލު ހުކުމްގެ ހުރިހާ މަރުހަލާއެއް ނިމި އެހުކުމް ދަމަހައްޓައިފިނަމަ، އެމަނިކުފާނުގެ ފަނޑިޔާރުކަން ގެއްލޭނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެލެންޖާސް އާއި އުސްގަޑަ ޖޫނިއާސްގެ ކުރިމަތިލުން އެއްވަރު

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އޭގައި ހިމެނޭ ޓީމްތަކުގެ ...

ޓީމް ބަލިވިނަމަވެސް އެރިކްސަންގެ ހާލު ރަނގަޅުވުމުން ޑެންމާކް ހިތްހަމަޖެހިފައި

“ޑެންމާކް ބަލިވީއެވެ. ނަމަވެސް ފުރާނައެއް ކާމިޔާބު ކުރެވިއްޖެއެވެ.” މިއީ ޑެންމާކްގެ ނޫސްތަކުގައި ފާހަގަކޮށްފައިވާ ސުރުޚީއެކެވެ މިއީ ރޭގެ މެޗްގެ ...

މަސައްކަތް ކުރަނީ އައްޑޫސިޓީ ހަކަތަ ޕްލާންޓް ޖުލައިމަހު ނިންމަން

އައްޑޫ ސިޓީގައި ޤާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް އަންނަ ޖުލައިމަހަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ...