• Categories
  • Archives

ބުއްދިވެރި ގޮތަކީ އަޅުގަނޑާއެކު ސިޔާސީ ލީޑަރުން މިނިވަންކުރުން – ނަޝީދު

މިދަނޑިވަޅުގައި ރައީސް ޔާމީނަށް ބުއްދިވެރި ގޮތަކީ ކުށުގެ ތުޙުމަތުގައި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކުރުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނަޝީދު ފަށާފައިވާ ކެމްޕެއިންގައި ސްކައިޕް މެދުވެރިކޮށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އިދިކޮޅު ލީޑަރުން ޖަލުގައި ބޭތިއްބުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި އެބޭފުޅުން ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ އެބޭފުޅުންނާއެކު އަލުން އަނބުރާ އިށީންދެ ފުރިހަމަ ރިޔާސީ އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ހުރިހާ ބޭފުޅުން ސުލްހަވެރިކަމާއެކު އިށީންދެ ރާއްޖޭގެ ހައްލުތައް ހޯދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

“ރައީސް ޔާމީންނަށް ދަންނަވަން އޮތީ މިއީ ވަގުތޭ، އަޅުގަނޑުމެން އަލުން އަނބުރާ އިށީންދެ ފުރިހަމަ ރިޔާސީ އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަންވީ ވަގުތު، ރައީސް ޔާމީންނަށް ދަންނަވަން އޮތީ ރައީސް މައުމޫން ޖަލުގައި ބޭންދުމަކީ ބުއްދިވެރި ގޮތެއް ނޫން، އެބޭފުޅާ ދޫކޮށްލައްވާށޭ، ގާސިމް ދޫކޮށްލައްވާށޭ، ޝެއިހް އިމްރާން ދޫކޮށްލައްވާށޭ، އެހެން ސިޔާސީ ބޭފުޅުންވެސް ދޫކޮށްލައްވާށޭ، ކާނަލް ނާޒިމާއި އަހުމަދު އަދީބުވެސް އިންނެވީ ޖަލުގައި، މަޖިލިސް މެންބަރުންވެސް ތިއްބެވީ ޖަލުގައި، އެބޭފުޅުން ދޫކޮށްލައްވާ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އިންނެވީ ޖަލުގައި، އެބޭފުޅުންވެސް ދޫކޮށްލައްވާ، ކުރީގެ ޕީޖީ އާއި ކުރީގެ ސީޕީ އިންނެވީ ޖަލުގައި، އެބޭފުޅުންވެސްް ދޫކޮށްލައްވާ، ހުރިހާ ބޭފުޅުން ސުލްހަވެރިކަމާއެކު އިށީންދެ ރާއްޖޭގެ ހައްލުތައް އަޅުގަނޑުމެންނަށް ހޯދޭނެ،” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަކީ ޤާނޫނީ ބޮޑެތި ކުށް ކުށުގެ ތުޙުމަތުގައި ޖަލަށް ޙުކުމް ކުރެވިފައިވާ ބޭފުޅުންނެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ޤާނޫނީ ގޮތުން ކުށްކޮށްފައިވާ ފަރާތްތަކަށް އަދަބު ދިނުމުގެ ނިޒާމަށް އެމަނިކުފާނު ނުފޫޒު ނުފޯރުވާނެކަމަށެވެ.

އެމްޑީޕީން ޕްރައިމަރީއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު ވާދަކުރައްވާނެކަމަށް އިޢުލާންކުރައްވާ ކެމްޕެއިން ފައްޓަވާފައިވަނީ ނަޝީދު އެކަންޏެވެ. ނަޝީދަކީ އެފަދަ އިންތިޙާބަކަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަމުން އިލެކްޝަނުން ވަނީ އެޕްރައިމަރީ ހުއްޓުވާނެކަމަށް ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މޫސުން ގޯސް، ކ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދަށް އެލާޓް ނެރެފި

ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް ...

ސިޓީ ކައުންސިލްގެ ބާރުތައް ފެށޭ ހަފްތާގެ ތެރޭގައި ދޭނަން – ރައީސް

ސިޓީ ކައުންސިލަތަކަށް ދޫކޮށްލެވެން ހުރި ހުރިހާ ބާރުތަކެއް މި ފެށޭ ހަފްތާތެެރޭ އެ ކައުންސިލަތަކަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް ...

މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަށް ދިރާގާ ހަވާލުކޮށްފި

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް އިލެކްޓްރޯނިކް ވިއުގައަކުން ގުޅައިލުމުގެ އެއްބަސްވުމެއްގައި ދިރާގާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ...

ޝަމްސުއްދީން ސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް އާއިޝަތު އީޝާ އަސްލަމް

ޝަމްސުއްދީން ސްކޫލުން ބޭއްވި އެސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތުގެ  އެއްވަނަ ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 5 ބީގެ ...

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފި

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...