މަދަނީ އިއްތިހާދުގެ ރައީސް ޝައިޚް މުޙައްމަދު ދީދީ ޕީޕީއެމާއި ގުޅިވަޑައިގެންފި

މަދަނީ އިއްތިހާދުގެ ރައީސް އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހް މުޙައްމަދު ދީދީ ވެރިކަންކުރާ ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންފި. ޝައިޚް މުޙައްމަދު ދީދީވަނީ ޕީޕީއެމާއި ގުޅިވަޑައިގަތުމަށްފަހު ޕާޓީއާ ގުޅިވަޑައިގަތް ފޯމް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަނީ އަރުއްވާފައި. ޝައިޚް މުހައްމަދު ދީދީ އަކީ މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން އިސްލާހަށް މަސައްކަތްކުރެއްވިއިރު ދުވަސްވަރު އެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް. މުޙައްމަދު ދީދީ މި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވޭއެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އިސްލާމްދީނާއި ދީނުގެ ޝިއާރުތަކާއި ދެކޮޅަށް ކުރެއްވި މަސައްކަތްތަކާއި ދެކޮޅަށް މަދަނީ އިއްތިހާދުގެ ނަމުގައި އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތްކުރުމަށް އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެއްގެ ގޮތުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސްޓާފް ...

ކޯވިޑާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ކޯވިޑް-19އާއި، އަރިދަފުސް ރޯގާ އިތުރުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައްއެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ. ކޯވިޑްގެ ކޭސްތައް ...

ކޮވިޑް ހާލަތު ގޯސްވާތީ ހަރަކާތްތައް ލަސްކުރަން އިލްތިމާސްކޮށްފި

ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތްތަކާއި ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރަން އެޗްޕީއޭ އިން ...