ދަރަނީގެ މައްސަލައެއްގައި ޓްރިވެންޑްރަމްގައި ތާށިވެފައިވެފައި ތިބި ދިވެހި އާއިލާއަކަށް ސަރުކާރުން އެހީވެދެއްވައިފި

ދަރަނީގެ މައްސަލައެއްގައި ޓްރިވެންޑްރަމްގައި ތާށިވެފައިވެފައި ތިބި ދިވެހި އާއިލާއަކަށް ސަރުކާރުން އެހީވެދެއްވައިފިއެވެ.

އިންޑިއާގެ ކޯޓަކުން ނެރުނު އަމުރަކާ ގުޅިގެން ރާއްޖެ ނާދެވިފައި ތިބި ދިވެހި އާއިލާއަކީ އައްޑު ސިޓީ ސ. ހިތަދޫ، އުމުރުން 63 އަހަރުގެ މުހައްމަދު ފަޔާޒާއި އޭނާގެ އަންހެނުން އަދި ހަގު ދަރިފުޅެވެ. އެމީހުންގެ ޕާސްޕޯޓް އިންޑިއާގެ ޓްރިވެންޑްރަމް ކޯޓަކުން ހިފަހައްޓައި، އެ ކޯޓަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކާ އޮތުމުން ފާއިތުވި ދިހަ އަހަރުން ފެށިގެން ފަޔާޒު އަށާ އޭނާ އަށް އާއިލާއަށް ވަނި ރާއްޖެ އާދެވޭ ގޮތް ނުވެފައެވެ.

އިންޑިއާގެ ތިން މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައި އެ ފައިސާ ނުދައްކައިގެން ފަޔާޒްގެ މައްޗަށް ކޯޓުގައި ދައުވާކޮށްފައިވާ އިރު، އެ މައްސަލަ ފެންމަތިވީ 2008 ވަނަ އަހަރުއެވެ. ދިވެހި ގާތް ރަހްމަތްތެރިއަކު ބުނި ބުނުމަކަށް އޭނާގެ އިންޑިޔާގެ ތިން ރަހްމަތްތެރިއަކުން ނެގި 11 ލައްކަ ރުޕީސް ދެއްކިފައި ނުވުމުން އޭނާއާއި އޭނާގެ އަންހެނުން އަދި ދަރިފުޅުގެ ޕާސްޕޯޓް ޓްރިވެންޑްރަމްގެ ކޯޓުން ހިފަހައްޓީއެވެ.

އެހެން ނަމަވެސް އެއިން އެންމެ ލާރިއެއްވެސް އޭނާ ބޭނުންކޮށްފައިނުވާއިރު އެ ހުރިހާ ފައިސާއެއް ދީފައިވަނީ އޭނާގް ދިވެހި ރަޙްމަތްތެރިޠާއަށްވެ. އެއީ އެ ރަޙްމަތްތެރިޔާ ނިއު ދިއްލީގައި ހުރި މުދާ ކޮންޓެއިނަރުތަކެއް ކްލިއާރ ކުރުމަށް ހޯދި ފައިސާ ކަމަށާ އެ ފައިސާ ދައްކަން އެއްބަސްވީ ޚުދު އެމީހާ ކަމަށް ފަޔާޒް ވަނީ ބުނެފައެވެ.

ފަޔާޒް ބުނީ ފަހުން އެމީހާ ފައިސާ ނުދައްކާ ފިލީ ކަމަށާއި ދިހަ އަހަރުވީ އިރުވެސް އޭނާއަށް އެ ފައިސާ ދެއްކިފައި ނުވާއިރު އެކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކިބައިން އެދިފައި ވަނިކޮށް އެކަން މިހާރު ހަމަޖެހިފައިވާ ކަމަށް ފަޔާޒް ވަނީ ބުނެފައެވެ.

އެގޮތުން ޓްރެވިންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ އެހީގައި ރައީސް އަބްދުﷲ ޔާމީނަށް ސިޓީއަކުން އޭނާގެ ހާލު ދަންނަވައިގެން މިހާރު އެ ފައިސާ ކޯޓަށް ދެއްކޭނެ ގޮތް ހަމަޖައްސައިވާދެއްވާފައިވާ ކަމަށެވެ އެގޮތުން އެ ފައިސާ ޒަކާތު ފަންޑުން ހަމަޖައްސަޥާ ދެއްވުމަށްފަހު އެކަން އޭނާއަށް އަންގާފައިވާ ކަމަށް ފަޔާޒް ވަނީ ބުނެފައެވެ.

ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ވަނީ އެފަދަ ކަމެއް ހިނގައިގެން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިންކަން ޔަގީން ކޮށްދެއްވައިފައެވެ.

މި މައްސަލާގައި ފަޔާޒްއާއި އޭނާގެ އާއިލާ ސަލާމަތް ކުރުމަށް ސަރުކާރުން 275000 (ދެ ލައްކަ ހަތްދިހަ ފަސްހާސް) ރުފިޔާ ދޭން ނިންމާފައިވާ އިރު، ފަޔާޒް ބުނީ އެ ފައިސާ ކޯޓަށް ދެއްކުނުހާ އަވަހަކަށް އޭނާ އަނބުރާ މާލެ ދާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިގިރޭސި ޕްރިމިއާލީގުގ މެޗްތައް ކުޅުރުކޮށް ކުޅެން މަޝްވަރާކޮށް އަންނަމަހު ލީގު ފެށޭތޯ ބަލަނީ

އިގިރޭސި ޕްރިމިއާލީގުމެޗްތައް ކުރުކޮށްކުޅެން މަޝްވަރާކޮށްފިއެވެ. ޕްރިމިއާލީގުގެ މެޗްތައް އަންނަމަހު ފަށަން ކުލަބްތަކާއެކު މަޝްވަރާ ކުރެވެމުން އަންނައިރު ލީގު އަވަހަށް ...

ސެމީފައިނަލުން ފުވައްމުލަކު މާލެގަން ޖާގަ ހޯދައިފި

ފުވައްމުލަކު މާލެގަން ޓީމް ” ޑްރީމްސް ޕިއްޒާ” ވަގުތު ފުޓްސަލް ޗެލެންޖް  ގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ. މާލެގަން ...

ފެން ޖަހަން އުޅުމުގެތެރޭގައި ވެއްޓި އަނިޔާވި ފުވައްމުލަކު ޒުވާނާ މާލެ ގެންގޮސްފި

ފުވައްމުލަކު ސިޓީގައި އިއްޔެ ފެން ޖަހަމުން ދިޔަ ބައެއްގެ ކިބައިން ސަލާމަތްވާން އުޅެނިކޮށް ސައިކަލުން ވެއްޓި އަނިޔާވި ޒުވާން ...