ދިވެހިރާއްޖެ އިން ވާދަކުރާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު ނެގުން މިރޭ އޮންނާނެއެވެ.

އދގެ ސަލާމަތީ މަޖިލީހަށް މެމްބަރުން ހޮވުމަށް ނަގާ ވޯޓު އޮންނާނީ މިރޭ ރާއްޖެގަޑިން 7 ގަޑި ސުންމިނެޓުގައި ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ. އދގެ ސަލާމަތީ މަޖިލީހަކީ އެ ޖަމުއިއްޔާގެ އެންމެ ބާރުގަދަ ގުނަވަނެވެ.

މި އިންތިޚާބުގައި އޭޝިއާ ސަރަހައްދުން ރާއްޖޭގެ އިތުރުން ވާދަކުރާ އަނެއް ޤައުމަކީ އިންޑޮނޭޝިއާއެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައި ރާއްޖެ އިން ވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ.

އެގޮތުން އެކި ގައުމުތަކުގެ ތާއީދު ހޯދުމަށް ބައެއް ގައުމުތަކާ އެކު ވަނީ ސިޔާސީ ގުޅުން ވެސް ގާއިމްކޮށްފައެވެ. އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ފަސް ގައުމެކެވެ.  ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތެވެ.

ސަލާމަތީ މަޖިލީހުގައި ދެން ހިމެނެނީ ދެ އަހަރުން އެއްފަހަރު ދައުރުވާ ގޮތަށް ތިބޭ ނޮން ޕާމަނެންޓް ދިހަ ޤައުމެކެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަކުރަނީ އަންނަ އަހަރުން ފެށިގެން ދެހާސް ވިހިވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ.  މި އިންތިޙާބް ކާމިޔާބް ކުރަން ތިންބައިކުޅަ ދެބައި ގައުމުގެ ވޯޓް ބޭނުންވާނެއެވެ.

ރާއްޖެ މީގެކުރިން ވަނީ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގައި ދެ ދައުރު ފުރުއްވާފައެވެ.  އަދި ރާއްޖެއަކީ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ހަދާފައިވާ ޖަމިއްޔާ އޯއައިސިސްގެ ޗެއާ ކަންވެސް ކުރަމުން އަންނަ ޤައުމުކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން ބުނެފައިވަނީ ރާއްޖެއަށް އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އެގޮތުން ރާއްޖެއަކީ، ހުރިހާ ފަންތި އެއްގެ ގައުމުތަކުގެ ހައްގުގައި އަޑު އުފުލަމުން އަންނަ ޤައުމަކަށް ވުމާއެކު، އދ. އާއި ހުރިހާ މެމްބަރު ގައުމުތަކުންވެސް އެކަން ބަލައިގަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިޔާސީ އިންތިހާބު2023-  އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒު

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ދިޔަ ނަމަވެސް މުޅި ރާއްޖޭގެ އަގުލަބިއްޔަތު ހޯދައި އިދިކޮޅު ...

ގަމާއި ސައުތު އެފްރިކާ ދަތުރުތައް – އިޤްތިޞާދީ ކުރިއެރުމާއި ވަޒީފާގެ ފުރުޞަތުތައް

އައްޑޫ ސިޓީގެ ގަމާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން އިޤްތިޞާދީ ގޮތުން އައްޑޫ ސިޓީއަށް ބޮޑެތި ...

ކޯވިޑް-19 : ރާއްޖެއިން މަރުވި މީހުންގެ އަދަދު ތިނަކަށް

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު މީހަކު މަރުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މަރުވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި ...