މީޑިއާނެޓްގެ އާ ސެޓްޓޮޕް ބޮކްސްއާއެކު ވަރލްޑް ކަޕުގެ 10 މެޗު ޔޫއެޗްޑީ ކޮލިޓީގައި

އާ ޗެނަލްތަކާއި ވަރލްޑް ކަޕްގެ މެޗުތައް ދައްކާނެ ކަމުގެ ޔަޤީންކަމާއެކު މީޑިއާނެޓުގެ އަލްޓްރާ އެޗްޑީ ސެޓަޕް ބޮކްސް ތައާރަފްކޮށްފިއެވެ.

ރޭ ސެންޓްރަލް ހޮޓެލްގައި މީޑިއާނެޓްގެ އެންމެ ފަހުގެ ސެޓް ޓޮޕް ބޮކްސް ކަމަށްވާ އެމް 580 ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސެޓް ޓޮޕް ބޮކްސްގެ އިތުރުން އާ ޗެނަލްތައް ވެސް ވަނީ ދައްކާލާފައެވެ.

އަލަށް ތައާރަފްކުރި ޗެނަލްތަކަކީ އިންސައިޓް އެޗްޑީ، ނިކަލޯޑިއަން އެޗްޑީ، ކާޓޫން ނެޓްވަރކް އެޗްޑީ އަދި ޔޫއެޗްޑީ ކޮލިޓީގެ ތިން ޗެނަލް ކަމަށްވާ ފެޝަން ވަން ފޯކޭ، ލަވް ނޭޗަރ ފޯކޭ އަދި ސޮނީ ޓެން ޓޫ ފޯކޭ އެވެ.

މިއާއެކު މި ހަފްތާގައި ފަށާ ވަރލްޑް ކަޕްގެ ހުރިހާ މެޗްތައް މީޑިއާނެޓް މެދުވެރިކޮށް ބެލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި، އެ މުބާރާތުގެ 10 މެޗު ފޯކޭ ކޮލިޓީގައި ބަލާލެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އަލްޓްރާ އެޗްޑީގެ އިތުރުން އެމް 580 ގައި ހިމެނޭ އިތުރު ސިފަތަކުގެ ތެރޭގައި ޑޮލްބީ ސަރައުންޑް ސައުންޑް 5.1 އަދި އެއް ޓީބީގެ ހާޑް ޑިސްކެއް ހިމެނެއެވެ. ހަމައެއާއެކު އެމް 580 މެދުވެރިކޮށް އެންމެ ފަހުން ބެލި ޗެނަލް ފާހަގަ ކުރުމުގެ އިތުރުން، އެއްފަހަރާ ގިނަ ޗެނަލްތައް ރިކޯޑް ވެސް ކުރެވޭނެ ކަމަށް މީޑިއާނެޓުން މައުލޫމާތު ދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް

ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އެޓީމަށް އައިސްފި އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރިކަން މަޝްހޫރު ...

3 ކުޅުންތެރިއަކު ބަދަލެއްގެ ގޮތުގައި ދީގެން ނޭމާ ބާސެލޯއަށް ބަދަލުކުރުމަށް ބާސެލޯނާއިން ހުށަހަޅައިފި

ޕީއެސްޖީގެ ބްރެޒިލްގެ ފޯވާޑް ނޭމާ އަލުން ބާސެލޯނާއަށް ގެނައުމުގެ މަސައްކަތް ބާސެލޯނާއިން ފަށާފައިވާކަމަށް ސްޕޭންގެ މީޑިއާތަކުން ބުނެފިއެވެ. ސްޕެއިންގެ ...

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި

އިނގިރޭސި އެފްއޭ ކަޕްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި އެވެ. މިދިޔަ އަހަރުގެ ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ...