ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ޑރ.ޝަހީމް ހަމަޖަައްސަވައިފި

ކީރިތި ޤުރްއާން ހިތުދަސް ބޭފުޅެއްކަމަށްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންގމޭޓަކަށް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައިވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުގައި ހުންނެވި ޑރ.ޝަހީމަކީ ކުރިން އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޝަހީމަކީ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އުމުރުފުޅުން 41 އަހަރުގެ ޑރ.ޝަހީމަކީ ކީރިތި ޤުރުއާން ހިތުދަސް ޙާފިޒެކެވެ.

އިސްލާމީ ފިޤުހާއި އުސޫލުލްފިޤުހުން ޕީއެޗްޑީ ޙާސިލްކުރައްވާފައިވާ ޑރ.ޝަހީމް ފަސްޓްޑިގްރީ އާއި މާސްޓާސްޑިގްރީ ހައްދަވާފައި ވަނީ އިސްލާމީ ޝަރީޢާއިންނެވެ. ޑރ.ޝަހީމް މަތީ ތަޢުލީމު ޙާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕިންކް ރިބަން ރަން ވޯކް ހުޅުދޫއާއި މީދޫގައި ބާއްވައިފި

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާއި ސިއްހީމަރުކަޒު ގުޅިގެން ބޭއްވި “ޕިންކް ރިބަން ރަން ...

ޔޫރޯ 2020: ހަންގޭރީއާއި އާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީއާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ. ހަންގޭރީގެ ޕުސްކަސް އެރީނާގައި ...

ގިނަ ހަރަކާތްތަކާއެކު އިސްރަށްވެހިންގެ ދުވަސް އެޗްޑީސީން ކުލަގަދަކޮށް ފާހަގަކުރަނީ

މި އަހަރުގެ ބައިނަލް އަގްވާމީ ދޮށީ އުމުރު ނުވަތަ އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓު ...