މިނިވަންކަޕް ފުޓްސަލް މުބާރާތް 2018 – ރޭގެ މެޗް ކާމިޔާބުކުރީ ޑީކޭ

މިނިވަންކަޕް ފުޓްސަލް މުބާރާތުގައި  ރޭ ކުޅެވުނުމެޗް ޑިކޭ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ

ހުޅުދޫ ފުޓްސެލް ދަނޑުގައި ރޭ ކުޅެވުނު މި މެޗު ޑީކޭ ކާމިޔާބުކޮށްފައިވަނީ ގައުމު އެފްސީއާއި ބައްދަލުކޮށް 8 ލަނޑު 5 ލަނޑުންނެވެ.

ރޭގެމެޗްގައި ޑީކޭއިން ކާމިޔާބުކުރި 8 ލަނޑުގެތެރެއިން 5 ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ އިމްރާނެވެ. އެޓީމުގެ އަނެއް 3 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސަމީނުއާއި އިބްރާހިމް ސިނާހު އަދި އިބްރާހިމް އަސްވާދެވެ.

ގައުމު އެފްސީން މިމެޗްގައި ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން އަބްދުﷲ ޝައްފާން 2 ލަނޑު އަދި އަލީ ލިރުއާމް 2 ކާމިޔާބުކޮށްދިފައިވެއެވެ.  ގައުމު އެފްސީގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސަބާހުއެވެ.

ރޭ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީކޭއަށް 5 ލަނޑު ކާމިޔާބުކޮށްދިން އަބްދުﷲ އިމްރާނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނު އަބްދުﷲ އިމްރާނަށް މިނިވަންކަޕް އޮގަނައިޒިން ކޮމިޓީން ހުށަހަޅާފައިވާ ޓްރޮފީ ހަވާލްކޮށްދެއްވީ ރޭގެ މެޗްގެ ޝަރަފްވެރި މެހްމާނާ ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލް ނާޒްނީޒް އަބްދުﷲދީދީއެވެ.

މިމުބާރާތަކީ މެރެތަން އިސްނަގައިގެން އިންތިޒާމްކޮށްގެން ހުޅުދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 ރުފިޔާ  ރަނަރަޕް ޓީމަށް 20000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މުބާރާތުގެ ސޮޕޮންސަރުންނަކީ މިނިސްޓްރީ އޮފް ޔޫތްއެންޑް ސްޕޯރޓްސް، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދުގެ އިތުރަށް  އައިލެންޑް އެކްސްޕްރެސްއާއި  ހުޅުދޫވިޔަފާރިވެރިންނާއި ހުޅުދޫ ޒުވާނުންނެވެ

މިއަހަރުގެ މިމުބާރާތުގައި 9 ޓީމު ބައިވެރިވެފައިވާއިރު މިމުބާރާތުގެ ގުރޫޕް އޭ ގައި ފަސްޓީމް ހިމެނެއެވެ. އެއީ ތައްލިހި އެފްސީ، އެއިލްންޑް އެފްސީ ،ގައުމު އެފްސީ،ޑީކޭ ސްޕޯރޓްސް ކްލަބް އަދި ވެމްކޯއެވެ. އަދި ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމަކީ ކެނަރީފް، ދެކުނު އެފްސީ، ޒެލޮން އަދި ރެސޯރޓް ބޯއިސް އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް: ރާއްޖެ އަށް ހަތަރު ރަން މެޑަލް

13 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ހަތަރު ރަން މެޑަލް އާއި ތިން ...

ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލައިފި

ސަރުކާރުން އައްޑޫ ސިޓީ ފޭދޫގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފޭދޫ ފުޓްބޯޅަ ...

ކިންގު ކަޕް  : ރޮނާލްޑޯގެ އަލްނަސްރު ކަޓައިފި     

ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އަލް ވޭދާ އަތުން ކްރިސްޓިއާނޯ ...