އިއްޔެ ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިނިވަންކަޕް ފުޓްސަލް މުބާރާތުގެ މެޗު ބޮޑުތަފާތަކުން ގައުމު އެފްސި ކާމިޔާބު ކޮށްފިއެވެ.

އެއިލްންޑް އެފްސީއާއި ގައުމު އިއްޔެ  ބައްދަލްކުރި މެޗު ގައުމު ކާމިޔާބުކުރީ 12 ލަނޑު 5 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިއްޔެ މެޗުގައި ގިނަވަގުތު ބޯޅަގެންގުޅެ ގިނަ ހަމަލާތައްވެސް އުފައްދާފައިވަނީވެސް ގައުމުންނެވެ.  ނަމަވެސް އެއިލެންޑް އެފްސީންވެސް ވަނީ ދޭތެރެ ދޭތެރެއިން ގައުމު އެފްސީގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ.

އިއްޔެ ކުޅެވުނު މިމެޗްގައި ގައުމު އެފްސީއަށް  ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދުﷲ ސައްފާން  4 ލަނޑާއި ، އަލީ ލިރުއާމް  އާއި އަހުމަދު ވިޝާހު ވަސީމު މިއިން ކޮންމެ ކުޅުންތެރިޔަކު 3 ލަނޑެވެ. އަދި މީގެ އިތުރަށް އަހުމަދު ސަބާހު ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެއިލެންޑް އެފްސީން މިމެޗްގައި ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން މުހައްމަދު މައުރޫފް 3 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު  އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސައީދު އާއި އަލީ އަނާލް އެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމަށް މިމެޗްގައި 4 ލަނޑު ކާމިޔާބުކޮށްދިން އަބްދުﷲ ސައްފާނެވެ. މޮޅު ކުޅުން ތެރިއަކަށް ހޮވުނު އަބްދުﷲ ސައްފާންއަށް މިނިވަންކަޕް އޮގަނައިޒިން ކޮމިޓީން ހުށަހަޅާފައިވާ ޓްރޮފީ އަބްދުﷲ ސައްފާން އާއި ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހްމާނާ ފެނަކަ ކޯޕަރޭޝަން ހުޅުމީދޫ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ ނާހިދާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލީ އަޑިގަނޑުން ބާސާއަށް އަރައިގަނެވިއްޖެކަމަށް ލަޕޯޓާ ބުނެފި

ސްޕެއިންގެ ގަދަބާރު ބާސެލޯނާ މާލީ އަޑިގަނޑެއްގެ ތެރޭގައި އޮތް ނަމަވެސް މިހާރު އެކުލަބަށް އެހާލަތު ބަދަލުކޮށް ރަނގަޅު ފައްތަރަކަށް ...

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019 : ފައިނަލަށް ރެސޯޓްބޯއިސްއާއި ތައްލިހި

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019 ގެ ފައިނަލުން ރެސޯޓްބޯއިސްއާއި ތައްލި  ޖާގަހޯދައިފިއެވެ. ރެސޯޓްބޯއިސް ފައިނަލުން ޖާގަހޯދާފައިވަނީ މިރޭ ކުޅެވުނު ...

މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް ...