• Categories
  • Archives

ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅުން ވެސް ހުށަހެޅި – ޑރ.ޝަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރާ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅު ފަރާތްތަކުން ދަޢުވަތު ދިންކަމަށާ، އެހެންނަމަވެސް ވަގުތުން އެކަމަށް އިންކާރުކުރައްވާފައިވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅުއްވާ ހުވަދުއަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް  ޕީޕީއެމްގެ “ރުމާލު 2” ޖަގަހައިގައި ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ދާދިފަހުން ސިޔާސީ ޕާޓީއަކުން އެކުލަވާލެއްވި ހިޔަނި ކެބިނެޓަށް އެމަނިކުފާނު ވަޑައިގަތުމަށްއެދި ދަޢުވަތު ލިބިވަޑައިގަތްކަމަށެވެ. ނަމަވެސް އެ ދަޢުވަތު ލިބިވަޑައިގަތުމާއިއެކު އެކަމަށް ވަގުތުން އިންކާރު ކުރެއްވި ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ. އެ ދަޢުވަތަށް އިންކާރު ކުރެއްވުމުން، އިދިކޮޅު ފަރާތްތައް ތަމްސީލުކުރުމަށް ނުކުންނަވާ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަމަށް ވުމަށްވެސް ދަޢުވަތު ލިބިވަޑައިގަތްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

” ދާދިފަހުން ސިޔާސީ ޕާޓީއަކުން ހިޔަނި ކެބިނެޓެއް ޢިއުލާންކޮށްފައިވެސް އެކިބިނެޓު އުވާލައިފި. މިކެބިނެޓަށް ދިއުމަށްވެސް އަޅުގަނޑަށް ދަޢުވަތުދިން. އަޅުގަނޑުދެންނެވިން، ހޯހޯއޭ ތިޔަތަނަކަށް އަޅުގަނޑެއް ނުދާނަމޭ. ރަނިންމޭޓަކަށް އަންނަންވީ ނޫންހެއްޔޭވެސް އަޅުގަނޑުގާތުގައި އެހި. (އިދިކޮޅު ފަރާތްތަކުގެ) އިސް މީހުންހަމަ. އަޅުގަނޑު ދެންނެވިން، ހޯހޯއޭ ތިޔަތަނަކަށް އަޅުގަނޑު ނުދާނަމޭ. މީހުން ވަންނަން ހެޔޮވާވަރުގެ ތަންތަނެއްނޫނޭ އެއީ. އެމީހުން އެމަސައްކަތްކުރަނީ ބޭރުގެ ނޫފޫޒުތަކާއެކު. އެހެންވީމާ ހަޤީގަތުގައި ރާއްޖޭގައި މިވަގުތު ނެތް އިދިކޮޅު ޕާޓީއެއް.”

ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓުކަން އެމަނިކުފާނަށް ދެއްވުމަށް ރައީސް ދެއްވި ދަޢުވަތު އެއްވެސް ޝަރުޠަކާއި ނުލައި ޤަބޫލުފުޅުކުރައްވާފައިވާނެކަމަށެވެ. ޑރ.ޝަހީމް ވަނީ ރައީސް ޔާމީނުގެ ރަނިންމޭޓުކަން އެމަނިކުފާނަށް ލިބިވަޑައިގަތުމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރިޔާސީ އިންތިޚާބު ނިމުމާއިއެކު ރައީސް ޔާމީން ޑރ.ޝަހީމް ސަރުކާރުން އެކަހެރިކުރައްވައި މަޤާމުން ދުރުކުރައްވާނެކަމަށް އިދކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް ޑރ.ޝަހީމް ވަނީ ރައްދުދެއްވާފައެވެ.

” އެމަނިކުފާނު (ރައީސް ޔާމީން) ހުށަހެޅުއްވީ އެމަނިކުފާނާއެކު ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ކަންކަން ޤާއިމުކުރުމަށް އެހީވުމަށް އައުމަށް. އިސްލާމްދީނުގެ ކަންކަން ޤާއިމުކުރުމަށް އެހީވުމަށް އައުމަށް މީހަކު ބުނީމާ، އެކަން ޤަބޫލުނުކުރުމަކީ ބޮޑު ފާފައެއްނޫންތޯ؟ އަދި ޤައުމުގެ ވަލިއްޔުލްއަމްރު، މިވަގުތު ޤައުމުގެ ވަލިއްޔުލްއަމްރު މިއެދެނީ، ތިމަންމަނިކުފާނަށް އެހީވުމަށް އަންނާށޭ، އިސްލާމްދީނުގެ ކަންކަން ރާއްޖޭގައި ޤާއިމުކުރުމަށް. އެހެންވީމާ އެކަން އެއްވެސް ޝަރުޠެއްނެތި ޤަބޫލުކޮށްގެން އަޅުގަނޑު މިހިރީ.”

ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ އެމަނިކުފާނު ވަރަށް އަވަހަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއާ ރަސްމީކޮށް ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މީދޫގެއަކުން ވައްކަންކޮށްގެން މީދޫ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫގެއަކުން މިދިޔަ މާރޗްމަހުގެ ތެރޭގައި ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން  މީދޫ  ގެއަކުން ...

ރައީސް ޔާމީން ތިމަރަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ އުންމީދީ ވަޢުދުތަކެއް ވެވަޑައިގެންފި

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި މަޝްރޫޢުތައް ފެއްޓެވުމަށާއި، މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހު ކުރެއްވުމަށް ރާއްޖޭގެ ...

ހޯމަ ދުވަހު އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަނީ

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި އަދި އިސްވެރިންނާއި ގުޅުންހުރި ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަށް ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ...

މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި 2 މީހެއްގެ ފައި ދެ ތަނަކުން ބިނދިއްޖެ

އައްޑޫސިޓީ މަރަދޫގައި މިއަދު ހެނދުނު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހެއްގެ ފައި ދެ ...

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެމަޤާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ސްޓާފްގެ މަގާމަށާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް ...

ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ނަޝީދު ގޮވާލައްވައިފި

ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ސަރުކާރަށް ގޮވާލައްވައިފިއެވެ. އިންޑިއާ ސިފައިން ރާއްޖެ ...