ކޯލިޝަން ނުވަތަ އިއްތިޙާދު މިރާއްދޭގެ އެޅަ ޑިމޮކުރަސީ އެ އެތެރެ ވެނީ ދެ ފަހަރަކި މަތިން ޓެސްޓްވެ ފޭލިވެފެއި. ވީމެއި ސުވާލާކީ ހަމަ އަފިރިން ތިންވަނަ ފަހަރަސް ހަމަ ބައިއަތު ހިފަގެން ގޮސް މިވެންނަށް ޗާންސް ހޯދައި ދެރެފެއި، ދުވަސް ކެޑަކުން މިވެރިން ތަޅައި ފޮޅާތަން ބަލަގެން ތިބޭއްވީ ތައު؟ މި ދިވެހިރާއްދެ ދެބާކިން ނުވަތަ އެއަށްވަނިގިނަ ބާކިން ހިއްސާވެގެން ވިޔަފާރި އަކަސް ނުވަތަ އެހެން ކަމަކަސް އަރައިރުމާއި ޝައްކުކެރުމާއި ނެތި ނިޔޭ ކަމީ އެންމެނަސް އެއްބަސް ވޭ ހަގީގަތައް.

ކޯލިޝަނަކައް ޗާންސް ދިންމެއި މި ވޭ ލެކަކީ ދުވަސް ކެޑަކުން މި ވެރިން ތަޅައި ފޮޅާއް ފަށަގެން ގައުމު ހަލަބޮލި ވެ ތަރައްގީ ގެ ދިވެލި މަޑޮޖެހި ސަރުކާރައް ނުވަތަ ވެރިމީހާ މިޖެހެނީ އެމީހާގެ ދިފާޢެ ހުށިހެއި ފޯކަސް އަށް ބާގެން ހިންނައް. އިގުތިސާދީ ވިސްނުމަކުން ވިސްނާކަލަކި މި ނިޒާމަށް ހަމަ ފައުޅުގައި ތެބެޖެހެއި ނުނާއު ބެނަލާއް. އޭ ވަރަށް ގިނަ ސަބަބުތަކާއި ހެދި. ކޮންމެހެން ވެރި ކަމި ވަކި މީހަކާ ބާކަށް ނިޖެހެއި. ބޭނުން ވެގެން މި ހިނގާ އެއްތަކީ ހެއު ވެރިކަމާއު މިވެރިން މި ކޭ އެއްތާ. ބޭޱނުން ވެނީ ހަމަ ހަމަ އިންސާފުވެރި ނިޒާމަށް. ވީމެއި މީ ވަކި މީހަކާ ނުވަތަ ވަކި ބާކިން ތިބަގެން ވޭ ކަމަށް ނުން. އިހުލާސްތެރިކަމާއި އެކީ ރަންގަޅަ ނިޒާމައް ގާއިމްވޭނެ މިނިވަން މީހަކާއް ޖާގަ ދޭއްވެނީ.

މިސާލާކަށް ކޯލިޝަނަކަށް ވެރިކަން ހަވާލަކެޑެމެއި ވެރިމީހާކައް ނިއޮވެއި އެމީހާ އިތުބާރޮ ހިފޭ ވަޒީރަކާމެން ލިޔޭކައް. ދައުލަތުގެ ކުންފުނިތަކި ވެރިން އައްޔަން ވޭކަށް. މިވެރިން ކޭކާ ފަޑައިނިމޭކަލަކި ވެރިމީހާ މި ހިންނެއި ބެނދިފެއި. ވީމެއި ވެރިމީހާ ބޭނުން ގޮތަކަށް ވެރިކަން ނިވެވި-  ރައްޔިތުންނަށް ބޭނުން ވޭ ކަންތައް ނިވެގެން ގޮސް މިޅި ނިޒާމު ހުއްޓި ތަޅައި ފޮޅައި ނިމޭ ކަލަކި ދައުލަތައް އެތެއް ގެއްލުމަށް ތެބެވެއި. ދައުލަތައް ވޭ ކޮންމި ގެއްލުމަކީ ހަމަ ކޮންމި ދިވެހިރައްޔިތަކާށަސް ވޭ ގެއްލުމަށް. އެހެން ވީމެއި މިކަމާއި ވިސްނުމަކީ މި ވަގުތާއި ހާލަތަށް ބަލާކަލަކި ވަރަށް މުހިންމު ކަމަށް.

މިކޯ ހިނގަމުން މިއޭ ކަންތެތި އަށް ބަލާކަލަކި (ޖުމްހޫރީ ޕާޓީ – އެމް.ޑީ.ޕީ – އަދާލަތު ޕާޓީ) ގެ ފާޓު ފެޅޫ ކޯލިޝަނުގެ ކޭކާ ފަޑަގެން ހިނގަމުން މިޔޭ އޮއިވަރޮ މައްތެ ބަޔާން ވެގެން ވޭ ކަންތެތީގެ ދަލީލަކަށް ފުދެއި!

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިވާހަކަތައް ދައްކަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭނުގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ 7 ގޮނޑި ބޭނުންވަނީ ރައީސް ...

އީޔޫ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް، ނިހާނުގެ ވަރުގަދަ ސުވާލެއް!

ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް މެމްބަރު ނިހާނު ގެ ވަރުގަދަ ސުވާލެއް އަމާޒު ވެއްޖެއެވެ. ރާއްޖޭގައި ...

ބިމާގުޅޭ ނިންމުން ބަދަލުކޮށް ދިނުމަށްއެދި ހަނިމާދޫގެ ތިން ޖަމިއްޔާގެ ސިޓީއެއް ރައީސަށް

ހދ. ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 853،937 އަކަފޫޓްގެ ބިމެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި ...