• Categories
  • Archives

އިތުރު ދައުރެއް ދެއްވައިފިނަމަ ރައީސް ޔާމީން ވާނީ ދުނިޔޭގެ ވަރުގަދަ ޝަޙްސިއްޔަތަކަށް – މިނިސްޓަރ ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެރިކަމުގެ އިތުރު ދައުރެއް ދެއްވައިފިނަމަ، ދުނިޔޭގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތްތަކުގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، މާލޭގައި ދިރިއުޅޭ އައްޑުސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސްފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރު، އިތުރު 5 އަހަރު ވެރިކަން ކުރުމުގެ ފުރުޞަތު ރައީސް ޔާމީނަށް ދެއްވައިފިނަމަ ދުނިޔޭގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތް ތަކުގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާނެކަމަށެވެ.

މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދައުލަތުގެ ރިޒާވަށް ރައީސް ޔާމީންގެ 5 އަހަރުގެ ދައުރުގައި 500 މިލިއަން ޑޮލަރު އިތުރުކޮށް، 292 މިލިއަން ޑޮލަރުން 799 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަނބުރާ ހޯދުމަށް ދައްކަންޖެހުނު 300 މިލިއަން ޑޮލަރު ދައްކަން ނުޖެހުނު ނަމަ ރާއްޖެ ވާނީ ކުދި ޤައުމުތަކުގެ ތެރެއިން ދައުލަތުގެ ރިޒާވް 1.1 ބިލިއަން ޑޮލަރަށް އެރި ފުރަތަމަ ޤައުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ އައްޑޫސިޓީއަށް ޚާއްޞަ އިސްކަމެއް ދީގެން ތަރައްޤީ ކޮށްދެއްވި ރައީސަކީ ހަމައެކަނި ރައީސް ޔާމީން ކަމަށެވެ. އަދި ދިވެހިރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދެއްވީވެސް ރައީސް ޔާމީން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލޭގައި ދިރިއުޅޭ އައްޑޫސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޙަފްލާގައި މާލޭގައި ދިރިއުޅޭ އައްޑޫސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޙަފްލާއަށް ވަޑައިގެންނެވި އެންމެންނާ ބޭފުޅުންނާއި ވަކިވަކިން ބައްދަލުކުރައްވާ ޙާލު ބައްލަވާލައްވާ އެކުގައި ވަގުތު ހޭދަކުރައްވާފައެވެ

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ނަލަފެހި ޖަމްއިއްޔާގެ އޮފީސް ހުޅުއްވައިދެއްވައިފި

މީދޫ ނަލަފެހި ޖަމްއިއްޔާގެ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމއިްޔާތު މިއަދު ބާއްވައިފިއެވެ. ބޯކޮށް ވެހެމުންދިޔަ ވިއްސާރައިގެ ތެރޭގައި ބޭއްވުނު ...

އަމިއްލަ ފަރާތަކުން ރަނގަޅު ފެންވަރަކަށްހެދި ހިނަވާގެ ކައުންސިލާ ހަވާލުކޮށްފި

އައްޑޫސިޓީގައި މަސައްކަތް ކުރައްވާ ވިޔަފާރިވެރިއެއްކަމުގައިވާ، ހ. އަސްފަރު، އިދުރީސް ޤާސިމް (ތަރިކަ، މަރަދޫފޭދޫ / އައްޑޫސިޓީ) އަމިއްލައަށް އިސްނަންގަވައިގެން ...

އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވާނަން، ކެޕްޕެއިން މެނޭޖަރަކީ މެމްބަރު އަސްލަމް – ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ކުރިމަތިލުމަށް އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާނެކަމަށާއި، ކެމްޕެއިން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ...

ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ – ރައީސުލްޖުމްހޫރިއްޔާ

ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ...

އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި

އުރީދޫއިން އަލަށް ތައާރަފު ކޮށްފައިވާ ޕޯސްޓްޕެއިޑް ޕެކޭޖުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. އުރީދޫގެ ...

މެޑަމް ފާތުންނާއެކު ފުވައްމުލަކުގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވާ ޕީފީއެމްގެ ވަރަށް ހާއްސަ ޖަލްސާ އެއް ފުވައްމުލަކުގައި ބާއްވަން ...