މިނިވަންކަޕް 2018 : ކްއާޓާފައިނަލްގައި ޑީކޭއާއި ކެެނެރީފް – ޒެލޯންއާއި ގައުމު އެފްސީ

މިހާރު ހުޅުދޫގައި ކުޅެވެމުންދާ މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ކުއާޓަރފައިނަލްގެ މެޗްތައް މިއަދު ފެށޭނެއެވެ.

ރޭކުޅެވުނު ގްރޫޕް އޭގެ ފަހު  މެޗާއިއެކު  ކުއާޓަރ ފައިނަލަށް ދަތުރުކުރާ ހުރިހާ ޓީމްތައްވަނީ އެނގިފައެވެ.

ރޭކުޅެވުނު ފަހުމެޗްގައި ބައްދަލުކޮށްފައިވަނީ އެއިލެންޑް އެފްސީއާއި ވެމްކޯ އެވެ.  މި މެޗު ނިމިފައިވަނީ 1 ލަނޑު 10 ލަނޑުން އެއިލެންޑް އެފްސީ ކާމިޔާބުކޮށްގެންނެވެ.

މިމެޗުގެ މޭން އޮފް ދަމެޗަކަށް ހޮވިފައިވަނީ އެއިލެންޑް އެފްސީގެ  ޖާޒީ ނަންބަރ 11 މުހައްމަދު މައުރޫފެވެ.

ރޭކުޅެވުނު  މެޗުތަކާއެކު ގްރޫޕް ސްޓޭޖް ނިމުނުއިރު ގްރޫޕް އޭއިން 10 ޕޮއިންޓް ލިބިގެން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ހޮވިފައިވަނީ ތައްލިހި އެފްސީއެވެ

ގްރޫޕް އޭއިން 9 ޕޮއިންޓް ލިބިގެން 2 ވަނައަށް ހޮވުނު ޑީކޭ ކްއާޓާ ފައިނަލަށް  ހޮވުނުއިރު މިގްރޫޕުން 4 ޕޮއިންޓް ލިބިގެން 3 ވަނަ ޓީމެއްގެ ގޮތުގައި ކްއާޓާފައިނަލަށް ހޮވިފައިވަނީ ގައުމު އެފްސީއެވެ.

ގްރޫޕް ބީ އިން 7 ޕޮއިންޓް ލިބިގެން 1 ވަނަ ޓީމެއްގެ ގޮތުގައި ހޮވުނު ރިސޯޓްބޯއިސް ސެމީފައިނަލަށް ހޮވުނުއިރު މިގްރޫޕުން 6 ޕޮއިންޓް ލިބިގެން 2 ވަނަ ޓީމެއްގެ ގޮތުގައި ހޮވުނު ޒެލޯންއާއި މިގްރޫޕުން 4 ޕޮއިންޓް ލިބިގެން 3 ވަނައަށް ހޮވުނު ކެނެރީފް ހޮވިފައިވަނީ ކްއާޓާފައިނަށެވެ.

ކުއާޓަރފައިނަލްގައި މިރޭ ބައްދަލުކުރާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭއިން ދެވަނައަށް ހޮވުނު ޑީކޭއާއި ގްރޫޕް ބީން 3 ވަނައަށް ހޮވުނު ކެނެރީފެވެ. މިމެޗްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ( 22 ޖުލައި 2018 ވަނަދުވަހުގެރޭ ) 20:30 ގައެވެ.

މިމެޗުން މޮޅުވާ ޓީމެއް ސެމީފައިނަލްގައި ބައްދަލުކުރަންޖެހޭނީ ގްރޫޕް އޭއިން އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ހޮވިފައިވާ ތައްލިހި އެފްސީއާއިއެވެ.

މިރޭ ރޭ ކުޅެވޭ ކްއާޓާފައިނަލްގެ  2 މެޗުގައި ބައްދަލުލުރާނީ ގްރޫޕް ބީން 2 ވަނައަށް ހޮވުނު ޒެލޯންއާއި ގްރޫޕް އޭއިން 3 ވަނައަށް ހޮވުނު ގައުމު އެފްސީއެވެ.

މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް ބީން އެއްވަނައަށް ހޮވިގެން ސެމީފައިނަލަށް މިހާރު ހޮވިފައިވާ ރިސޯޓްބޯއިސްއާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަރަފުއްދީން ސްކޫލްގެ ޓީމާ ވާދަކޮށް އަތޮޅުމަދަރުސާގެ ޓީމް މޮޅުވެއްޖެ

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އަތޮޅުމަދަރުސާގެ 14 އަހަރުން ދަށުގެޓީމް ހިތަދޫ ޝަރަފުއްދީން ސްކޫލާ ވާދަކޮށް ...

ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި ...

ސަތޯއަށް ކުޅިވަރުގެ ދާއިރާން ހިތްވަރު ދިނުމުގެ އިނާމް ލިބިލައްވައިފި

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރު ދިނުމުގެ ...