• Categories
  • Archives

“ރާވެރިބޭ ކޮއްތުވެނި” ފުޑުކޯޓުތައް ރައީސް ހުޅުއްވާދެއްވައިފި

މާލޭ ހުޅަނގުފަރާތުގައި ސަރުކާރުން ތަރައްޤީކުރީ ޒަމާނީ ފުޑުކޯޓުތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ހަވާލުކޮށްގެން ތަރައްޤީކުރި މި ފުޑްކޯޓުތައް ހުޅުވީ ތިއެރެޓިކަލް ޕްލޭއަކުންނެވެ.

30000 އަކަފޫޓުގެ ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ މި ފުޑްކޯޓުތަކަކީ ޕްރީ ފެބްރިކޭޓްކޮށް ތަރައްޤީކޮށްފައިވާ ތަނެކެވެ. ހަތަރު ބްލޮކް ހިމެނޭ މިތަނުގައި 26 ފުޑް ކޯޓު ހުރެއެވެ. މި މަޝްރޫޢަށް 32 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. “ރާވެރިބޭ ކޮއްތުވެނި” މިނަމުގައި ތަރައްޤީކުރި ހުރިހާ ތަނެއްވެސް މިހާރުވަނީ ވިޔަފާރި އުސޫލުން ދޫކޮށްފައިކަމަށް އެސްޓީއޯއިން ބުނެއެވެ.

ފުޑްކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭ ހުޅަނގުފަރާތު ހާބަރު ސަރަޙައްދަކީ ކުރިން ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލާފައިވާ ދިރުމެއް ނެތް ސަރަހައްދެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކުޑަކުދިންނަށް ޚާއްޞަ ޕާކަކާއެކު ތަރައްޤީކުރި މި ފުޑްކޯޓުތަކުގެ ސަބަބުން އެސަރަހައްދަށް އިތުރު ދިރުމެއް އައިސްފައިވާކަމަށާއި ޒަމާނީ ފެންވަރަށް ތަރައްޤީކުރި މި ފުޑްކޯޓުތަކަކީ ރައީސް ޢަބްދުﷲ ޔާމީންގެ ކޮންސެޕްޓަކަށް ތަރައްޤީކުރި ތަނެއްކަމަށެވެ. މި ފުޑްކޯޓުތަކަކީ ކުޑަކުދިންނާއެކު އާޢިލާތަކަށް ހިތްފަސޭހަ ތަނަކަށް ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ރައީސް ޔާމީންގެ ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓް ތަރައްޤީ ނޫން. މުޅި ރާއްޖެއިން ފެންނަނީ ފެހި، އިޖްތިމާއީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީ ޤައުމުގެ އިސްތިޤުލާލާ އެކު ރައީސް ޔާމީން ގެނެސްދެއްވަމުންދާތަން.” ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

އަލަށް ތަރައްޤީކުރި ފުޑްކޯޓުތަކުގައި މިހާރު ޚިދުމަތް ދެމުން އަންނައިރު މި ސަރަޙައްދަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާގޮތަށް ހަމަޖައްސާފައިވާ ސަރަޙައްދެކެވެ.

ފުޑްކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮއްތުވެނި ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮއްތުވެނީގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އިތުރު ދައުރެއް ދެއްވައިފިނަމަ ރައީސް ޔާމީން ވާނީ ދުނިޔޭގެ ވަރުގަދަ ޝަޙްސިއްޔަތަކަށް – މިނިސްޓަރ ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެރިކަމުގެ އިތުރު ދައުރެއް ދެއްވައިފިނަމަ، ދުނިޔޭގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތްތަކުގެ ތެރޭގައި އެމަނިކުފާނު ...

ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނަން، މިއީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ގައުމު – ރައީސް ޔާމީން

މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ...

ސަރުކާރުގެ 3 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފި

ރުކާރުގެ 3 ވިޔަފާރި ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރައްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ...

މަރުގެ ތަހުގީގުތަކާ ކޮރަޕްޝަނުގެ ކަންތައްތައް ބާރަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނު – ކުރީގެ ރައީސް ނަޝީދު

ރަށްޔިތުންގެ މަޖިލިހުން ފާސްނުވެ ހުރި ބައެއް ބިލްތައް ފާސްކުރުމަށް ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރުގެ ކޯލިޝަންގައި ...

މީދޫ ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މީދޫ ސައިގޭ ގޯތި ތެރޭގައި އަލަށް އިމާރާތްކުރަމުންދާ ބައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ހޯދައި 32 އަހަރުގެ ...

ވަކިވެގެތުމަށް ބާރުލިބިދޭ ޢަމަލަކަށް ޖާގައެއް ނުދޭނަން – ހޯމްމިނިސްޓްރީ

ދިވެހި ދައުލަތް ފޮތިފޮތިކޮށް އެއްވެސް ގޮތަކުން ވަކިވެގެތުމަށް ބާރު ލިބިދޭ ޢަމަލަކަށް ސަރުކާރުން ޖާގަ ނުދޭނެކަމަށް ހޯމް މިނިންސްޓްރީން ...