ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފި

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެސްއާއެކު ހަނގުރާމަ ކުރަމުން ދިޔަ ޒުބައިރު ނަމަކަށް ކިޔާ އެ ދިވެހި މީހާގެ ބޯ ބުރިކޮށް މަރާލާފައިވަނީ މީގެ ދެ ހަފުތާ ކުރިން ސީރިއާގެ އިޑްލިބުގައެވެ.

އެނގިފައިވާ ގޮތުގައި ޒުބައިރު އަތުލައިގަނެ އޭނާގެ ބޯ ބުރުކޮށް މަރާލާފައިވަނީ ސީރިއާގައި ހަރަކާތްތެރިވަމުންދާ ޖަމާއަތެއް ކަމަށްވާ ތަހުރީރް އަލްޝާމްއިންނެވެ. ޒުބައިރު އަސީރުކޮށްކޮށް އަދި އޭނާގެ ބޯ ބުރިކޮށް މަރާލުމަށްފަހު ނަގާފައިވާ ފޮޓޯތަކެއް ތަހުރީރު އަލް ޝާމްއާއި ގުޅުން ހުންނަ ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުން އާއްމުކޮށްފައިވެއެވެ.
ބައެއް އޮންލައިން ނޫސްތަކުން ޒުބައިރުގެ މަރާބެހޭގޮތުން ގެނެސްދީފައިވާ ޚަބަރުތަކުގައި  ޒުބައިރު އަސީރުކޮށް އޭނާގެ ބޯ ބުރިކޮށް މަރާލާފައިވަނީ އައިއެސްއާއެކު ހަނގުރާމަ ކުރަމުން ދަނިކޮށް ތަހުރީރު އަލްޝާމްގެ ބެލުމުގެ ދަށަށް އެތައް ފަހަރަކު އޭނާ ގެންގޮސް ނަސޭހަތް ދިނުމަށްފަހު ވެސް އައިއެސްއާއެކު ހަނގުރާމަ ކުރުމުންނެވެ.
ސީރިއާއާއި އިރާގުގައި އައިއެސް ވަރަށް ބޮޑަށް ބަލިވެ ފަހަތަށް ޖެހިފައިވާ އިރު އަދި ވެސް ދޭތެރެ ދޭތެރެއިން ހަނގުރާމައަށް ސީރިއާއަށް ދިވެހިން ދެއެވެ. އޭގެތެރެއިން ބައެއް މީހުން އަތުލައިގަނެ ރާއްޖޭގައި ހައްޔަރު ވެސް ކުރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ” މާމިސްކިތް ” ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވައިފި

މީދޫ ” މާމިސްކިތް ” ބޮޑު މަރާމާތަކަށްފަހު ބުރާސްފަތި ދުވަހު އަލުން ހުޅުވައިފިއެވެ. މާމިސްކިތް މަރާމާތުކުރުމަށް މީދޫ އަވަށު ...

ފިހާރަތަކުގައި ތިބޭ ސޭޓުންވެސް އަންގި ލެއްވުން- ރައްކާތެރިވުމުގެ ގޮތުން އެޅޭ ފިޔަވަޅެއް- ޑރ،އަފްޒަލް

ވިޔަފާރިތައް ހިންގާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޖުތިމާއީ ގައިދުރުކަމަށް ބަލައިގެން މަސައްކަތް ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައެވެ. ...

އަފިރިން ބަލިކޮށް ބީ ގްރޫޕުން ގަބުރު ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

މަރަދޫފޭދޫ އަފިރިން  ބަލިކޮށް ގްރޫޕް ބީން  ކްއާޓާފައިނަލުން މަރަދޫ ގަބުރު ޖާގަ ހޯދައިފިއެވެ. ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ ...