މިރޭ ކުޅެވޭ ފައިނަލްމެޗްގައި ޑީކޭގެ ސަމީނުއަށް ނުކުޅެވޭނެ

ވާތު ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ޑީކޭގެ ކެޕްޓަން ސަމީނުއަށް މިރޭ ކުޅެވޭ މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްމެޗްގައި ކުޅުމުގެ ފުރުސަތު  ގެއްލިއްޖެ އެވެ

ސަމީނު ނުހިމެނުމަކީ   މިރޭގެ ފައިނަލްމެޗްގައި  ޑީކޭއަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ

މިރޭ ކުޅެވޭ މިނިވަން ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްގައި ޑީކޭއާއި ބައްދަލުކުރާނީ ތައްލިހިއެވެ. މިދެޓީމަކީވެސް ހުޅުދުއަށް ނިސްބަތްވާ ދެޓީމެވެ.

މިދެޓީމަކީ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނުނު ދެޓީމެވެ. ގްރޫޕް ސްޓޭޖްގައި މިދެޓީމް ބައްދަލުކޮށް ކުޅެވުނުމެޗް  4 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ތައްލިހިއެވެ.

މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ފައިނަލްމެޗް ފެށުމުގެ ކުރީން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފެށުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިރޭ 8:00 ން ފެށިގެން ހުޅުދޫ ސްކޫލްގެ ދަރިވަރުން ގެނެސްދޭ ޚާއްސަ އިވެންޓަކާއި މީދޫ އީޓީއެފް އިން ގެނެސްދޭ ޚާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް 2020: 3 ވަނަ ދުވަހުގެ މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ 3 ވަނަ  ދުވަހު ކުޅުނު މެޗްތަކުގެ ނަތީޖާ: ...

އެޖެންޑާ 19 އަށް ކުރި އުއްމީދު ހަގީގަތަކަށް ނުވި: ނަޝީދު

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރި “އެޖެންޑާ 19″ގެ އުންމީދުތައް ހަގީގަތަކަށް ނުވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ...

ވޯލްޑްކަޕް ބަލާލުމަށް ކެފޭ ރޮކްފޯޑްގައި އުރީދޫގެ ފޭން ޒޯނެއް

އުރީދޫގެ ފޭން ޒޯނެއް މީދޫގައި ހުޅުވައިފި އެވެ. ކެފޭ ރޮކް ފޯޑްގައި ހެދި މި ފޭން ޒޯން އަކީ ...