މިނިވަންދުވަހުގެ ރަސްމީ ބައްދަލުވުން ބާއްވައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބޭއްވި ރަސްމީ ބައްދަލުކުރެއްވުން ރޭ ދަރުބާރުގޭގައި ބާއްވަވައިފިއެވެ. މި ހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި، ރާއްޖޭން ބޭރު ގައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ހިމެނިވަޑައިގަންނަވައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭ ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މިނިވަންދުވަހާ ގުޅިގެން ބާއްވަވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ހުކުރުދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ފާހަގަކުރަމުން މިދަނީ ޜާއްޖޭގެ 53 ވަނަ މިނިވަންދުވަހެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖާބިރުގެ އިންޒާރެއް ޔާމިނާއި އަދީބާއި މައުމޫނަށް: ގޮޅިއަށްލާފައި ނޫނީ ހުއްޓައިނުލާނަން

އޭނާގެ އަތުން ލާރި ފޭރުނު އެންމެން ގޮޅިއަށް ލާފައި ނޫނީ ހުއްޓައިނުލައްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ...

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓު އެލަވަންސް ނުލިބި ތިބި ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ ...

ނޭމާ 7 މެޗަށް އަލްވާރޯ ގޮންޒަލޭޒް 10 މެޗަށް ސަސްޕެންޑް ކުރަނީ

ފްރެންޗް ލީގުގައި ޕީއެސްޖީއާ އޮލިމްޕިކް މާސެއިލް ބައްދަލުކުރި މެޗުގައި މާސެއިލްގެ އަލްވާރޯ ގޮންޒަލޭޒް ޕީއެސްޖީގެ ބްރެޒިލްގެ ތަރި ނޭމާއާއި ...