ސަތޯއަށް ކުޅިވަރުގެ ދާއިރާން ހިތްވަރު ދިނުމުގެ އިނާމް ލިބިލައްވައިފި

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިލެއްވި 15 ބޭފުންގެ ތެރޭގައި ސ. ހުޅުދޫ ޖަވާހިރުވިލާ އިބްރާހިމް ރަޝީދު ހިމެނިއްޖެވެ

އިބްރާހިމް ރަޝީދަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިލައްވާފައިވަނީ  ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުންނެވެ.

ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި އިބްރާހިމް ރަޝީދު ކުޅިވަރުގެ ދާއިރާއިން މަޝްހޫރުވެފައިވާ ނަމުންނަމަ ސަތޯ އެންމެ ފުރަތަމަ ވޮލީކޯޓަށް ނިކުންނެވީ މާލޭ އިންގްލިޝް ސްކޫލްގައި އުޅުއްވި ދުވަސްވަރެވެ.

ވަރަށް ގިނަ ސްކޫލްތަކަށާ އޮފީސްތަކަށާ ޓީމްތަކަށް ކޯޗްކޮށްދެއްވާ ގިނަ ކާމިޔާބީތަކެއް އިބްރާހިމް ރަޝީދުވަނީ ހޯއްދަވާފައެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައިވެސް ތައްޓާ އެންމެ ރަށްޓެހި އެއްކޯޗަކީ އިބްރާހިމް ރަޝީދު ( ސަތޯ ) އެވެ.

އަދި ވޮލީ ބޯޅަ އެސޯސިއޭޝަނުން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީކޯޗްގެ އެވޯޑް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު އިބްރާހިމް ރަޝީދަށްވަނީ ލިބިވަޑައިގެންފައެވެ،

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއިލެންޑް އެފްސީއަތުން ބޮޑުތަފާތަކުން ގައުމު އެފްސީ މޮޅުވެއްޖެ

އިއްޔެ ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިނިވަންކަޕް ފުޓްސަލް މުބާރާތުގެ މެޗު ބޮޑުތަފާތަކުން ގައުމު އެފްސި ކާމިޔާބު ...

ރާއްޖޭގެ އިގުތިސޯދު މިވަނީ ކުއްލި އަވަސް ފަރުވާއަށް ބޭނުންވެފައި- ރައީސް ޑރ: މުއިއްޒު

ރާއްޖޭގެ އިގުތިސޯދު މިވަނީ ކުއްލި އަވަސް ފަރުވާއަށް ބޭނުންވެފަ ކަމަށާ، މިއީ ތާރީގުގައި ވެސް އެންމެ ދަރަނި ބޮޑު ...

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ...