ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ރަސްމީކޮށް އަރުވައިފި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވީ ރޭ ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ދަރުބާރުގޭގައި އޮތް ރަސްމިޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އަދި ޕީ.ޕީ.އެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރިޔާސީ ޓިކެޓް އެރުއްވީ ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ވަނީ ރައީސް ޔާމީންގެ ރަނިންގ މޭޓްގެ ގޮތުގައި އިއުލާންކުރައްވާފައިވާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދަށްވެސް ޓިކެޓް އަރުވާފައެވެ. ރަނިންގ މޭޓްގެ ޓިކެޓް އެރުވުމުގެ ކުރިން ޑރ. ޝަހީމް ވަނީ ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ޑރ. ޝަހީމް ޕާޓީއަށް ވަނުމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

މިރަސްމިއްޔާތުގައި ޕީ.ޕީ.އެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއަށް މިފަހަރުގެ އިންތިޚާބުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވަން ނިންމީ އިސްލާމް ދީނާއި، އިސްލާމީ ވަޙްދަތު ރައީސް އަބްދުﷲ ޔާމީން ހިފަހައްޓަވާނެކަމުގެ ޔަގީންކަން އޮތުމުންކަމަށެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުރީ ސަރުކާރުގައި ބަޖެޓުގެ ބޮޑުބައެއް ހޭދަކުރީ ޕެޕާސްޕްރޭ އާއި މުގުރަށް: ރައީސް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަޖެޓްގެ ބޮޑުބައެއް ހޭދަ ކުރީ ޕެޕާސްޕްރޭ އާއި މުގުރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ...

މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ...

މަޖިލީހުގެ ރައީސްކަމަށް ރޮޒެއިނާ ޝައުގުވެރިކަން ފާޅުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި، އެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވަން ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް އައްޑޫ ...