ވިހި ރަށެއްގައި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިހި ރަށެއްގައި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވިހި ރަށެއްގެ ނަރުދަމާގެ މަސައްކަތް ބަޔާކާ ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަނެގް އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލައްމާން ވިދާޅުވީ، މި މަސައްކަތާއިއެކު ގިނަ ރަށެއްގައި ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ބިޔަ މަޝްރޫއުގެ ހިއްސާއަކަށް ފެނަކަ ކޯޕަރޭޝަން ވާތީ، އެކަމަށް ލައްމާން ވަނީ ރައީސް ޔާމީން އަށް ޝުކުރު ދަންނަވާފައެވެ.މީގެއިތުރުން ރައީސް ޔާމީންގެ އިތުރު ދައުރެއް ފެނިގެން ދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ލައްމާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިޤް އިބްރާޙިމް ވިދާޅުވީ މި ސަރުކާރު އައި އިރު ނަރުދާމާ އޮތީ އެންމެ 31 ރަށުގައި ކަމަށާއި ނަމަވެސް މިއަދު 81 ރަށުގައި މި މަސައްކަތް ކުރިޔަށް ދާކަމަށެވެ.

މަސްދަރު: ޗެނަލް13

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަމްސުއްދީން ސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް އާއިޝަތު އީޝާ އަސްލަމް

ޝަމްސުއްދީން ސްކޫލުން ބޭއްވި އެސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތުގެ  އެއްވަނަ ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 5 ބީގެ ...

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ...

މީދޫއާއި ހުޅުދުން އިތުރު 28 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

މީދޫއާއި ހުޅުދުން އިތުރު 28 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ ...