ހުޅުދޫ ބަހާއުއްދީންމަގާއި މީދޫ ބަހާއުއްދީން މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

އައްޑުއަތޮޅު ހުޅުދޫއާއި މީދޫގައި ދުއްވާ އެއްޗެހި ގިނަވެ މަގުތައް އަޑިގުޑަންވެފައިވާތީ އެމައްސަލައަށް ޙައްލެއް ގެންނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިހާރުވަނީ މިދެ ރަށުގެ ބަހާއުއްދީން މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމުގެ މަސައްކަތްފަށާފައެވެ.

މިގޮތުން ހުޅުދޫއާއި މީދޫގެ ބަހާއުއްދީން މަގުގައި ތާރުއެޅުމަށްޓަކައި  ތާރު އެޅުމުގެ ކުރީން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާއިރު މިހާރު ކުރެވެމުންދަނީ  ވަޅުލާން ޖެހޭ ހޮޅިތައް ވަޅުލުމާއި ކާނު ހަދައި، ޕޭމަންޓް ވަކިކޮށް ޖަހަންޖެހޭ ގާޖެހުމުގެ މަސައްކަތެވެ.

މިމަސައްކަތް ހުޅުދޫ ބަހާއުއްދީން މަގުގެ ދެކުނުކޮޅުން ފަށައިގެން އައިސް މިހާރު

ހުޅުދޫ އައްސޭރިވިލާއާއި ހަމައަށް ނިމިފައެވެ.

މިމަސައްކަތް ކުރަމުންދަނީ ހުޅުމީދޫ  ޕަބްލިކް ވަރކްސް ސާރވިސަސް ޑިޕާޓްމެންޓުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްލަބް ވޮލީ މުބާރާތުން  ފޭދޫ ވޮލީޓީމާ މީދޫ ވޮލީޓީމް ވަކިވެއްޖެ

ސަދަން ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށް ގެންދާ ކްލަބް ވޮލީ މުބާރާތުން  ފޭދޫ ވޮލީޓީމާ މީދޫ ...

ޔޫރޯ 2020 : ރޭ ކުޅެވުނު 3 މެޗް ކާމިޔާބުކުރީ ރަޝިޔާ ، ވޭލްސް އަދި އިޓަލީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލެންޑް އަތުން މޮޅުވެ، ރަޝިއާއިން މުބާރާތުގެ 2 ވަނަ ބުރުން ޖާގަ ހޯދުމުގެ ...

އާރްޓީއެލް ފެރީން އައްޑޫއާ ފުވައްމުލަކާ ދެމެދު ކަނޑުމަތިން ބަޔަކު ސަލާމަތްކޮށްފި

އައްޑޫއާ ފުވައްމުލަކާ ދެމެދު ކަނޑުމަތިން ބަޔަކު ސަލާމަތްކޮށްފިއެވެ. ގާފު އޮންލައިން ނޫހުން ގެނެސްދީފައިވާ ޚަބަރެއްގައި ބުނެފައި ވަނީ ތިން ...