ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ކާމިޔާބު ހޯއްދަވާނެ – ޑރ. ޝަހީމް

ދިވެހި ރައްޔިތުން ތިބި ގޮތް ޔަޤީންވެއްޖެކަމަށާ ބޮޑު އަޣުލަބިއްޔަތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން 2018 ގެ ރިޔާސީ އިންތިޙާބު ކާމިޔާބުކުރައްވާނެކަމަށް ރަނިންމޭޓު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ހޯދަޑުގެ އިސްރަށްވެހިންނާ ބައެއް ޒުވާނުންނާ ބައްދަލުކުރައްވާ ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެއަވަށުން ދެވުނު ގިނަ ގޭގެއިން ލިބުނީ ހެޔޮ ބަސްތަކާއި ހެޔޮ ޝުޢޫރުތައްކަމަށެވެ. އެގޮތުން ޔަގީން ކުރައްވަނީ އެބޭފުޅުންގެ ބަސްތަކަކީ ކުރިޔަށް މިއޮތް ވޯޓްގެ ނަތީޖާއަށް ވެގެންދާނެ ކަމެއްކަމަށެވެ. އަދި ފޯއްމުލައް ސިޓީއަށް ކުރެއްވި ދަތުރުގައި، އެއަވަށްތަކަށް މިކުރި ޒިޔާރަތުގެ ސަބަބުން މިއަހަރުގެ ރިޔާސީ އިންތިޚާބު ވަރަށް ބޮޑު އަޤުލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އާލާވެގެން ހިނގައްޖެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

“އެކި ގޭގެޔަށް އަޅުގަނޑުމެން ކުރި ޒިޔާރަތުގައި އަޅުގަނޑުމެން ގޭގޭގެ އަހުލެވެރިންގެ ފަރާތުން ލިބުނު ހެޔޮ ޝުއޫރުތަކާއި ބަސްފުޅުތަކާއި އަދި ދެއްވި ހިތްވަރަށާއި އަޅުގަނޑުމެންނާއިމެދު ބެހެއްޓެވި ގާތް ކަމަށްޓަކައި މިއަވަށުގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން” ޑރ. ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިވެރިކަން މިއަދާއި ހަމައަށް އައިއިރުވެސް ބަދަލެއް ނުކުރެވުނުކަމަށެވެ. ޤާނޫނީ ހަމަތަކުގެ މަތިން ރައީސުލް ޖުމްހުރިއްޔާ މިވެރިކަން ދަމަހައްޓަވާ ނަގަހައްޓަވަމުން ގެންދަވާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ މިއޮތީ 5 އަހަރުގެ ދައުރު ފުރިހަމަވެ، އަނެއް 5 އަހަރަށް ރައީސް ޔާމީން ކުރިމަތި ލައްވާފައިކަމަށެވެ.

“އަޅުގަނޑަށް ޔަގީން ކުރެވޭ ދިވެހި ރާއްޖޭގެ ލޮބުވެރި ރައްޔިތުން މިކަންކަމަށް ވިސްނާ ފިކުރުކޮށް، ދިވެހިރާއްޖެ މިއަދު ދެކެމުން މިދާ ތަރައްޤީއާއި ކުރިއެރުމާއި ސުލްހަވެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ހަރުދަނާ ފިޔަވަޅެއް ރައްޔިތުން އަޅުއްވާ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއަށް ވޯޓް ދެއްވާނެ ކަމަށް” ޑރ. ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޑރ. ޝަހީމްގެ ވާހަކަފުޅުގައި ރައީސް ޔާމީން ގެނަސްދެއްވި ތަރައްޤީގެ ބޮޑެތި ބަދަލުތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދެއްވިއެވެ. އެގޮތުން އެއަރޕޯޓުގެ އާ ރަންވޭއާ، 25 ބުރީގެ ސިއްޙީ ޚިދުމަތްދޭ އިމާރާތާއި އަތޮޅު ތެރެއަށް ގެންނަވާ ތަފާތު ތަރައްޤީގެ މަޝްރޫޢުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއީސީގެ ކައުންސިލް މެމްބަރުން މަސައްކަތްކުރާގޮތައް މަސައްކަތްކުރެވޭނެ ކަނބަލުން މުޅިދުނިޔޭގައިވެސް ވަރަށް މަދުވާނެ- ޝެހެޒިނީ

އެމްއީސީ ގެ ކައުންސިލް މެމްބަރުން މަސައްކަތްކުރައްވާގޮތައް  މަސައްކަތްކުރެވޭނެ އަންހެން ކަނބަލުން މުޅިދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް މިނިސްޓްރީ އޮފް ޔޫތް ...

މިސްޓަ މޯލްޑިވްސްގެ މަގާމު ޖެހިޖެހިގެން ދެވަނަ އަހަރު ޔާމީންހޯދައިފި

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިސްޓަރ މޯލްޑިވްސް 2022 ގެ ޝަރަފް ޖެހިޖެހިގެން ...

ހުޅުދޫ ފްލެޓްތަކުގެ ގުރުއަތުލުން ބާއްވައިފި

ސަރުކާރުގެ “ގެދޮރުވެރި ކުރުވުން” ޕްރޮގްރާމުގެ ދަށުން ހުޅުދޫގައި އިމާރާތްކޮށް ފައިވާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ...