• Categories
  • Archives

ރައީސް ޔާމީން ތިމަރަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ އުންމީދީ ވަޢުދުތަކެއް ވެވަޑައިގެންފި

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި މަޝްރޫޢުތައް ފެއްޓެވުމަށާއި، މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހު ކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ތ އަތޮޅަށެވެ.

ރައީސްގެ ދަތުރުފުޅުގައި މިއަދު ތ އަތޮޅު ތިމަރަފުއްޓަށް މިއަދު ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ އުންމީދީ ވަޢުދުތަކެއް ވަނީ ވެވަޑައިގެންފައެވެ. އެގޮތުން އެންމެ ފުރަތަމަ ވަޢުދުފުޅެއްގެ ގޮތުން ރައީސް ވަނީ އެ ރަށުގެ މަގުގައި ތާރު އަޅާ ތަރައްޤީކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެ ރަށަށް ޒިޔާރަތް ކުރުމުން ރަށަށް ދަތިވެފައިވާ ކަންތައްތައް އިނގިވަޑައިގެންފި ކަމަށާއި އެ މަނިކުފާނުގެ އަމާޒަކީ އެ ކަންތައްތަކަށް ހައްލު ހޯއްދަވާދެއްވުންކަމަށެވެ.

“މި ރަށަށް އައިމަ، ފުރަތަމަ މި ރަށުން ވިދާޅުވާ ކަންކަމުގެ ތެރޭގައި އަޅގަނޑަށް އިނގޭ މި މަގުގެ ވާހަކަ އަންނަކަން. އަޅުގަނޑާއި ހަމައަށް މި އޮތީ އައިސްފައި. އެހެންވީމަ އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިމަރަފުށީގެ ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުގެ ސަރުކާރުން މި ރަށުގެ މަގު ހަދަން ފަށާނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތިމަރަފުށީގެ ރަތްޔިތުންގެ އަޑު އެ މަނިކުފާނު އައްސަވައިފި ކަމަށެވެ. އެގޮތުން، އެ ރަށުގެ ރަތްޔިތުން އިތުރަށް ބޭނުން ވަނީ އޭޓީއެމްއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ތ ތިމަރަފުއްޓަކީ މިހާރު ތިންހާހެއްހާ އާބާދީޢެއް އެކުލެވޭ ރަށަކަށް ވުމުން، އޭޓީއެމްގެ އިތުރުން ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރަންވާނެ ކަމަށް ވިދާޅުވިއެވެ.

” މި ރަށުގައި އަޅުގަނޑު ދަންނަވަނީ 2500އަށް ވުރެ އާބާދީ ބޮޑުވާތީ، އޭޓީއެމްއެއް ނޫނޭ، މި ރަށަށް ހަމަ ފުލް ބޭންކު ބްރާންޗެއްގެ ޚިދުމަތް ލިބިގެންދާނޭ.” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރަތްޔިތުން އެދޭ ކަންތައްތަކުގެ ތެރޭގައި އެ ރަށުން ބިން ދޫކުރުން ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ، އެ ރަށުގައި ބިންބަހަންވީ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނެއް މިހަރު ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މިހަރު ކުރިއަށް ދަނީ، އެއާޕޯޓު ހިމެނޭ ސަރަހައްދުގެ ލޭންޑް ޕްލޭން ކަމަށާއި އެ މަސައްކަތް އަންނަހަފްތަގެ ތެރޭގައި ނިންމޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ޕްލޭން ކައުންސިލާ ހަވާލު ކުރުމުން، މަހެއްހާ ދުވަހުގެ ތެރޭގައި ބިން ދޫކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތ އަތޮޅު ތިމަރަފުއްޓަށް ރައީސް މިއަދު ވަޑައިގެން އެ ރަށުގެ ފެނުގެ ނިޒާމް ވަނީ ތަޢާރަފު ކުރައްވާފައެވެ. ރައީސް ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެކި ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ ރަތްޔިތުންނަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ދަނީ ހިއްސާކުރައްވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އިންފުލްއެންޒާއަށް ޓެސްޓް ކުރި މީހުންގެ %69 މީހުން ޕޮޒިޓިވް – އެޗްޕީއޭ

މިމަހުގެ ތެރޭގައި މިހާތަނަށް އިންފުލްއެންޒާއަށް ޓެސްޓް ކުރި މީހުންގެ %69 މީހުން އިންފްލުއެންޒާ އޭއަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ...

އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންޑިއާއިން 2.49 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

އައްޑޫސިޓީގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ. ...

މަދަނީ އިއްތިހާދުގެ ރައީސް ޝައިޚް މުޙައްމަދު ދީދީ ޕީޕީއެމާއި ގުޅިވަޑައިގެންފި

މަދަނީ އިއްތިހާދުގެ ރައީސް އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހް މުޙައްމަދު ދީދީ ވެރިކަންކުރާ ޕާޓީ ...

ގާނޫނާ ޚިލާފަށް ކަންތައްތައްކުރިން – ހުކުމެއްގައި ހުންނަންޖެހުނީ ގާނޫނާ ޚިލާފްވުމުން : ޒީއަތު

ގާނޫނާ ޚިލާފަށް ކަންތައްތައް ކުރެއްވިކަމަށާ އަދި ޖަލުހުކުމެއްގައި ހުންނަވަންޖެހުނީ އެހެންވެގެންކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބދުﷲ ޒީއަތު ...

ސަރުކާރުން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ މަޢާފްކޮށްދެއްވައިފި

ދިގު މުއްދަތުން އަގު އަދާކުރާގޮތަށް މަސްވެރިންނަށް ސަރުކާރުން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ ފައިސާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ...

ހުޅުމީދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަން 3 މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނަން- މިނިސްޓަރ

އައްޑޫ ސިޓީ ހުޅުމީދޫ ސިއްޙީ މަރުކަޒުންދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ...