• Categories
  • Archives

ޓްރިވެންޑްރަމްގައި ދިވެހީން އުޅޭ ސަރަހައްދެއްގައި ކޯރެއް ބަންޑުންވެ ދިވެހި ތިން އާއިލާއެއް ހާލުގައި ޖެހިއްޖެ

ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ތިން އާއިލާއެއް ހާލުގައި ޖެހިއްޖެ އެވެ

މައުލޫމާތު ލިބިފައިވާގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރެއް ބަންޑުންވެ، ދިވެހި ތިން އާއިލާއެއް ދިރިއުޅެމުންދާ ގެތަކަށް ފެންވަދެ ގޭތެރޭގައިވަނީ ފެންބޮޑުވެފައެވެ.

މިކަމުގެ ސަބަބުން ސަލާމަތަށް ޓަކައި މިހާރު އެ ގެތަކުގައި މީހުން ވަނީ އެމީހުންތިބިގޭގެ އެއްވަނަ ފަންގިފިލާއަށް އަރާފައިކަމަށާ  އެމީހުންގެ ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ދެރަ ނުވާ ކަމަށާއި އެހެން ނަމަވެސް އެމީހުންނަށް ކައްކައި ކެއުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެތިން އާއިލާގައި ހިމެނެނީ ކިތައް މެންބަރުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ތެރެއިން ސަލާމަތީ ސަރަހައްދުތަކަށް ގެންދަން ޖެހޭ ހާލުގައި ތިބީ ކޮން ބައެއްކަން ބަލަމުންދާކަމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ކޮންސިއުލޭޓް ޖާދުއްﷲ ތައުފީގުވަނީ ވިދާޅުވެފައެވެ.

ވިއްސާރަ ހުއްޓާލައިފި ނަމަ ހަތަރު ގަޑިއިރުގެ ތެރޭގައި ދިވެހީން ތިބިގޭގެ ހިމެނޭ ސަރަހައްދުން  ފެން ހިނދޭނެ ނިޒާމު އެ ސަރަހައްދުގައި ކުރިން ގާއިމްކޮށްފައިވާ ކަމަށާއި ނަމަވެސް ވިއްސާރަ ހުއްޓާނުލައިފި ނަމަ ފެން ހިނދެން އެއަށް ވުރެ ގިނަ އިރު ނަގާނެ ކަމަށް މައުލޫމާތު ލިބިފައިވާގޮތު ލިބިފައިވެއެވެ.

ކެރެލާއަށް ކުރަމުންދާ މިވިއްސާރައިގައި އެ ސްޓޭޓުގައި ގިނަ އަދަދެއްގެ މީހުން މިހާތަނަށް މަރުވެފައިވެެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ލޯކަލް ޑިމޮކްރަސީ އާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި އައްޑޫގެ ކައުންސިލަރުން

ކައުންސިލަރުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިއްޔެ ފެށްޓެވި ތަމްރީން ޕްރޮގްރާމެއްގައި އައްޑޫސިޓީގެ ތިން ...

ގެއްލުނު ކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަނީ

އައްޑޫ ސިޓީގެ ހިތަދޫން މިދިޔަ ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަން ...

ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފި

ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި  ރޭ ...

ފުވައްމުލައްކުގައި ދަންޖެހިގެން މީހަކު މަރުވެއްޖެ

ފުވައްމުލައްކުގައި މީހަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ. ފުވައްމުލަކުން ދަންޖެހިގެން މަރުވެފައިވަނީ ދޫނޑިގަން/ ރުޝްދީ އަހުމަދު ނަމަކަށް ކިޔާ ...

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިންމާލެވޭނެ – ނަވާޒް

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ޖަހާ ރިވެޓްމެންޓްގެ މަސައްކަތް ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލާނެކަމަށް ...

ގަމުގައި ޕައިލެޓް ކޯސް ފުރިހަމަނުކުރެވޭ ދަރިވަރުންނަށް ރާއްޖެން ބޭރުގައި ކިޔެވުމުގެ ފުރުސަތުދެނީ

ރާއްޖެއިން ޕައިލެޓްކަން ކިޔެވުމަށް ލޯނު ދޫކޮށްފައިވާ ކުދީންނަށް  ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަޔައެޑިއުކޭޝަން މިނިސްޓްރީންނިންމައިފިއެވެ. ހަޔަރ ...