ކެނޑިޑޭޓް ނަންބަރު 1 ރައީސް ޔާމީނަށް، 2 އިބްރާހީމް މުޙައްމަދު ޞާލިހަށް

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ.

ކެނޑިޑޭޓް ނަމްބަރު 1 އަކީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި އެމް.ޑީ.ޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ ކެނޑިޑޭޓް ނަމްބަރު 2 އެވެ.

ރިޔާސީ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފައިވަނީ މިއަދު އިންތިޚާބީ މަރުކަޒުގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައެވެ. ކެނޑިޑޭޓުންގެ ފަރާތުން ގުރުއަތު ނަގާފައިވަނީ ކެނޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނެވެ.

ރައީސް ޔާމީންގެ ފަރާތުން ގުރުއަތު ނަގާފައިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތުން ގުރުއަތު ނަގާފައިވަނީ އަލްއުސްތާޛާ ހިސާން ޙުސެއިނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުން: ނަޝީދު

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ...

ދުނިޔޭގެ ރީތީގެ ރާނީ މަނޫޝީ ފިލްމު ކުޅެން ޝައުގުވެރިވޭ

ދުނިޔޭގެ ރީތީގެ ރާނީ އަކަށް މިއަހަރު ހޮވުނު އިންޑިއާގެ ރީތީގެ ރާނީ މަނޫޝީ ޗިއްލާ ފިލުމީ ދާއިރާއަށް ޝައުގުވެރިކަން ...

ޖޮކޮވިޗްގެ ބަލިކޮށް ވިމްބެލްޑަންގެ އައު ޗެމްޕިއަނަކަށް އަލްކަރާޒް

އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ވިމްބެލްޑަން ޓެނިސްމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަރަށް ސްޕެއިންގެ ކާލޮސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ. ...