“ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ވަޠަނީ ފައުޖު”

ވެރިކަންކުރާ ޕާޓީ ޕީޕީއެމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަޠަނީ ފައުޖުކަމަށް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޕީޕީއެމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ވަޠަނީ ފައުޖު ކަމަށާއި، މި ފައުޖު ރާއްޖޭގެ އެއްމެ އުތުރުން ފެށިގެން ދެކުނާ ހަމަޔަށް ފެތުރިފައިވާ ކަމަށެވެ.

ތިނަދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވަނީ ޕީޕީއެމްއިން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ތިނަދޫ އުތުރު އަދި ދެކުނު ދާއިރާގެ ކުރީގެ މެމްބަރުން ޕީޕީއެމާ ގުޅުމަށް ދައުވަތުދީފިއެވެ. އެގޮތުން ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ އަޙްމަދާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީއަކީ ޕީޕީއެމާއި ޚުދު އެމަނކުފާނުގެ ގާތް އެކުވެރިންކަމަށާއި، މި ދެބޭފުޅުންވެސް ޕީޕީއެމްގެ ވަޠަނީ ފައުޖާ ގުޅުމަށް ދައުވަތު ދެއްވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ތިނަދޫގައި ހޭދަ ކުރެއްވި މަދު ދުވަސްކޮޅުތެރޭގައި ބައްދަލުކުރެއްވި ތިނަދޫގައި ތިބި އިދިކޮޅު ފިކުރުގެ ގިނަ ބަޔަކު މިހާރު ބަދަލުވެފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފި

މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން މި ބިދޭސީ މިހާ ރަހީނުކޮށްފައި ...

ގުޅީފަޅުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

ގުޅީފަޅުގައި އަލިފާނުގެ ޙާދިސާ ހިނގި އެފްކޮންގެ ސައިޓުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށް ...

ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި

ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް އެ ކޯޕަރޭޝަންގެ ފަރާތުން ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި އެވެ. ފެނަކަ އިންސްޓިޓިއުޓް ...