މިއަދުގެ ހުޅުމީދޫގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި

ހުޅުމީދޫގައި މިއަހަރަގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފިއެވެ. ހުޅުމީދޫގައި ބޮޑުޖަމާއަތުގައި މިއަދު އީދު ނަމާދު ކޮށްފައިވަނީ ޕޮލިސް ދަނޑުގައެވެ.

އެކި އުމުރުފުރާގެ، ދެ ޖިންސުގެ ގިނަ އަދަދެއްގެ ދިވެހިންނާއި  ބިދޭސީން މިއަދު މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި ބައިވެރިވި އިރު، އެ ޖަމާޢަތުގައި އިމާމުވެ އީދު ނަމާދުކުރެއްވީ މީދޫ މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގެ އިމާމް މުހައްމަދު ރަޝީދެވެ.

އީދު ނަމާދަށްފަހު އިއްވި އީދު ހުތުބާގައި ބުނެފައިވަނީ، އީދު ދުވަހަކީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށެވެ.

އަދި އަޟްހާ އީދަކީ ގުރުބާނީގެ ދުވަހެއްކަން ފާހަގަކޮށް، އިބްރާހީމްގެފާނަށް މާތްﷲ ކުރިމަތިކުރެއްވި އިމްތިހާނުގެ ވާހަކަތައް ހުތުބާގައި ހިމެނުނެވެ.

ހުތުބާގައި ބުނި ގޮތުގައި މިއަދު އިސްލާމީ އުންމަތުން ވަނީ، މި ހާދިސާއިން އިބުރަތް ހާސިލުކުރަން ޖެހިފައެވެ.

މީގެ އިތުރުން އީދު ދުވަހަކީ ނަފްސުގެ ޝަހާވަތްތަކާއި ހަވާނަފްސުގެ ދަހިވެތިކަމާއި ހަސަދަވެރިކަމާއި ނީހަވެރިކަމާއި ދެބައޮޑުވުމާއި ނެތިމޮށުމުން މިނިވަންކޮށްދޭ އީދަކަށް ވާންޖެހޭނެކަމަށް ހުތުބާގައި ބުންޏެވެ.

އީދު ނަމާމަށްފަހު ނަމާދަށް ހާޒިރު ފަރާތްތަކަށް ތައްޔާރުކޮށްފައިވާ ހެނދުގެ ސައި ޕޮލިސް ދަނޑުގައި އޮތެވެ. އަދި މީގެ އިތުރަށް މީދޫ ކާޑުގޭ ޕާކްގައިވެސް ހެނދުނުގެ ސައިވަނީ ތައްޔާރުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް   – ގައުމު އެފްސީ އާއި އޭޓީ ބައްދަލުކުރިމެޗް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

މިއަދުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު- މިއަދުވެސް އީވާ ސަލާމުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ މިއަދުވެސް ބޭއްވޭގޮތެއްނުވުއެވެ. އީވާ ...

ފެންބޮޑުވުމުން – ވެލި އެޅުމަކީ އޮތް ހައްލެއް ނޫން!

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ޓޯއިން ފެނިވަޑައިގަންނަނީ މީދޫ މަޖުދުއްދީން މަގުގައި ވިއްސާރަވެ ފެންހެދިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. ވިއްސާރައިގެ ...