”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި

”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި އެވެ.

ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދާ “މުސްލިމް ކިޑްސް ޓީވީ” އަކީ  ކުޑަކުދިންނަށް ހާއްސަ އިސްލާމީ ކޮންޓެންޓް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ.

އުރީދޫއިން ހާމަކޮށްފައިވާގޮތުގައި ކިޑްސް ޓީވީ މެދުވެރިކޮށް ކުޑަކުދިންނާއި ގުޅޭ، އިންޓަރެކްޓިވް ތަޖުރިބާތަކެއް ކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން ކީރިތި ޤުރުއާން ކިޔަވައި، ހިތުދަސްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ޤުރުއާން ރިސައިޓޭޝަން ބަޑީގެ ހިދުމަތާއި އެތަށް ސަތޭކަ އިސްލާމީ ވީޑިއޯ ތަކާއި އެނިމޭޝަންތަކުގެ އިތުރުން ކުޑަކުދިންގެ ހުނަރުތައް ހަރުދަނާކޮށްދޭ މަޖާ ގޭމްތައް އެ ޕްލެޓްފޯމް މެދުވެރިކޮށް ލިބޭނެކަމަށް އުރީދޫއިން ބުންޏެވެ.

އޭގެ އިތުރުން ކުދިންގެ ތަފާތު އަމިއްލަ އުފެއްދުންތަކާއި އެކި ޤައުމުތަކުގެ ކުދިންނާއި ހިއްސާ ކޮށްލެވޭ ކްރިއޭޓް އެންޑް ޝެއާ ޕްލެޓްފޯމްއާއި އަދި ކުލަޖައްސާ ޕޭޖުތަކާއި އެކްޓިވިޓީ ފޮތްތައް އަދި ގޭތެރޭގައި ހަރުކުރެވޭ ޕޯސްޓަރު ފަދަ ޕްރިންޓް ކުރެވޭ ރިސޯސްތަކާއި، ވަރކްޝީޓްތައްވެސް މުސްލިމް ކިޑްސް ޓީވީން ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އަދި މީގެ އިތުރަށް އުރީދޫގެ ހާމަކޮށްފައިވާގޮތުގައި މުސްލިމް ކިޑްސް ޓީވީއަކީ ގިނަ ތަޖުރިބާކާރުންގެ ރުހުން ލިބިފައިވާ، ބައިނަލްއަޤްވާމީ އެޑިއުކޭޝަނަލް ރިސޯސް އެއް ކަމަށެވެ.

މުސްލިމް ކިޑްސް ޓީވީގެ ތިން ޕެކޭޖެއް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. ޕެކޭޖް ބޭނުންވާ ކީވޯޑް ޖެހުމަށްފަހު 5858 އަށް އެސްއެމްއެސް ކުރުމުން، ފަސޭހަމާ އެކު އުރީދޫގެ ކަސްޓަމަރުންނަށް މި ޕްލެޓްފޯމްގެ ހިދުމަތް ހޯދޭނެ އެވެ.

މުސްލިމް ކިޑްސް ޓީވީ 1 ދުވަހުގެ ޕެކޭޖް ލިބެނީ ތިން ރުފިޔާ އަށެވެ. އެ ޕެކޭޖް ހޯދުމަށް ޖަހަން ޖެހޭ ކީވޯޑަކީ “GO MKTVD” އެވެ. މުސްލިމް ކިޑް ޓީވީ އެއް ހަފުތާގެ ޕެކޭޖެއް ވިއްކަނީ 15ރ. އަށެވެ. އެ ޕެކޭޖް ހޯދުމަށް ޖަހަން ޖެހޭ ކީވޯޑަކީ “GO MKTVW” އެވެ. އަދި މުސްލިމް ކިޑްސް ޓީވީ އެއް މަހުގެ ޕެކޭޖެއް ވިއްކަނީ 60ރ. އަށެވެ. އެ ޕެކޭޖް ހޯދުމަށް ޖަހަން ޖެހޭ ކީވޯޑަކީ “GO MKTVM” އެވެ

މުސްލިމް ކިޑްސް ޓީވީގެ ވެބްސައިޓް www.muslimkidstv.com މެދުވެރިކޮށް ނުވަތަ އެޕް ސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ޑައުންލޯޑް ކުރެވޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޭދޫގައި ބެޑްމިންޓަން ކޯޓެއް އަޅަން ބަޔަކާއި ހަވާލުކޮށްފި

އައްޑޫ  ސިޓީ ފޭދޫގައި  އިންޑޯ ބެޑްމިންޓަން ކޯޓެއް  އެޅުމަށް  ބަޔަކާއި ހަވާލުކޮށްފިއެވެ. ޔޫތު މިނިސްޓްރީން ބުނީ، ފޭދޫ އިންޑޯ ...

އައިވީ މިކްސްޑް ވޮލީކަޕް- ސެމީފައިނަލްގެ ދެވަނަމެޗްގައި ފޭދޫ ފާހި ސްޕޯޓްސްއާއި ބައްދަލުރާނެޓީމަކީ މަރަދޫފޭދޫ ވޮލީޓީމް

” އައިވީ މިކްސްޑް ވޮލީކަޕް  ” ގައި މަރަދޫފޭދޫ ސްޕާކްލްސް ބަލިކޮށް ސެމީފައިނަލުން ޖާހަގަ ހޯދާފައިވާ ފޭދޫ ފާހި ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 6 ވަނަމެޗް ފުވައްމުލަށް ޕޮލިސް ކާމިޔާބުކޮށްފި

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ 6 ވަނަ މެޗް ކާމިޔާބުކޮށް ފުވައްމުލަށް ސިޓީ ޕޮލިސްޓީމު ޕޮއިންޓް ޓޭބަލްގެ ...