• Categories
  • Archives

ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮއްވަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވާ _ މެމްބަރު ޝާހިދު

ރައީސް ޔާމީން ހުޅުދޫ މީދޫ އަށް ގެނެސް ދެއްވަމުން ގެންދަވާ ތަރައްގީގެ ޚިދުމަތުގެ  އަގުވަޒަންކޮށް އަންނަ މަހު 23 ވަނަ ދުވަހު  ބޭއްވޭ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިކާބުކޮށް ދެއްވުމަށްޓަކައި ހުޅުދޫއާއި މީދޫގެ ރަށްތިތުން މަސައްކަތް ކޮށް ދެއްވުމަށް ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެދިވަޑައިގެންފިއެވެ.

ޝާހިދު މިގޮތައް އެދިވަޑައިގެންފަވަނީ ޝާހިދު އިސްކޮށް ހުންނަވައިގެން  ހުޅުދޫގައި ތައްޔާރު ކުރެވުނު ޕީޕީއެމްގެ ” ދެންދެނޯ ” ޖަހަގަ ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ހުޅުދޫއާއި މީދޫގެ ރަށްޔިތުންނާއި މުޚާޠަބްކޮށް ވާހަކަ ފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ  ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށްޓަކައި މިހާރުވެސް މަސައްކަތްކުރާ ހުޅުދޫއާއި މީދޫގެ ފަހުލަވާނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

. އަޅުގަޑުމެންނަށް މިފެންނަނީ ހުޅުދޫ މީދުން އުފާވެރި މަންޒަރުތައް . އަޅުގަޑުމެންނަށް މިފެންނަނީ ހުޅުމީދޫ ރަށްޔިތުންގެ ހިތްވަރާ އަޒުމާ ކެރޭކަން . މިގޮތުގައި ސާބިތުވެ ދެއްވާ . އަދި ޚާއްސްކޮށް އަޅުގަޑު އެދެނީ ހުޅުދޫ އާއި މީދޫގެ ހުރިހާ ޒުވާނުން  މިފަހަރު ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދެއްވުމަށް މިހާރުވެސް ތިޔަކުރައްވާ ބުރަ މަސައްކަތް  މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސް ދިނުން

” ރޭގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ޝާހިދު އިތުރަށް ވިދާޅުވިއެވެ.

ރޭ ހުޅުދޫގައި ޕީޕީއެމް ގެ ‘ދެން ދެނޯ’ ޖަގަހަ ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުއި މިޖަހަގަ ހުޅުއްވައިދެއްވީވެސް ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. މިރަސްމިއްޔާތުގައި ހުޅުދޫއާއި މީދޫގެ ގިނައަދެއްގެ ރަށްޔިތުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

2013  ވަނަ  އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ކާމިޔާބުކުރައްވާ ރައީސްކަމާ ހަވާލްވެ ވަޑައިގަތުމަށްފަހު ސަރުކާރުން ހުޅުދޫއާއި މީދޫއަށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުދޫއާއި މީދޫގައި ފެނުގެ ނިޒާމްގާއިމްކޮށް ފެނުގެ ޚިދުމަތް ހުޅުދޫއާއި މީދޫގެ ރަށްޔިތުންނަށް ހޯދައި ދިނުމާއި  ހުޅުދޫއާއި މީދޫގައި ފާޚާނާ ނިޒާމް ގާއިކޮށް ދެއްވުމުގެ މަސައްކަތް ކުރުވާ އެމަސައްކަތް މިހާރު ނިމެމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އަދި މީގެ އިތުރަށް ސ. އަތޮޅު މަދަރުސާގައި 4 ބުރީގެ އިމާރާތެއް ގާއިމްކޮށދެއްވާ ހުޅުދޫއާއި މީދޫގެ ރަށްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އިމާރާތްކުރަމުންދާ ފަޔަރ ސްޓޭޝަން ފާހަގަކޮށްލަންޖެހެއެވެ. އަދި ދަތުރުފަތުރުގެ ޚިދުމަތާއި މަސްފެކްޓްރީގެ  އިތުރަށް މިހާރު  ހުޅުދޫއާއި މީދޫގެ ބޮޑުމަގުގައި ތާރު އެޅުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އަދި މީގެ އިތުރަށް މީދޫގެ އިސްމެހެލާހެރާގައި ރިސޯޓް ހެދުމުގެ މަސައްކަތް ބަޔަކާއި ހަވާލްކޮށްގެން ކުރަމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އިސްލާމްދީނާ ދެކޮޅު ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލުމުން ޝަހީދުއަށް ފާޑުކިޔުން އަމާޒުވެއްޖެ

އިސްލާމް ދީނާ ދެކޮޅު ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ގޮވާލުމުން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުއަށް ...

އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ފުޅުބޯޅަ ދަނޑުގައި ބޭއްވުމައް ނިންމައިފިއެވެ. ރައީސް ...

ދިރުމެއް ވާތަނެއްގައި އުއްމީދެއް އޮންނާނެ، އައްޑޫ ސިޓީން އެ އުމީއްދު އާ ކޮށްދީފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދިވެހި ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވިދާޅުވާ އެއް ބަސް ފުޅަކީ ...

އެމެރިކާގެ ޚާރިޖީ ވަޒީރު އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެއްޖެ

އެމެރިކާގެ ޚާރިޖީ ވަރީޒު މައިކް ޕްމްޕެއޯ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ. ...

ކާޅު ހަދާނީ ހާލި، ކޮވެލި އަޅާނީ ބިސް – ރައީސް ޔާމީން

ކާޅު ހަދާނީ ހާލި ކަމަށާއި އެޔަށް ބިސް އަޅާނީ ކޮވެލި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ...

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި

ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ...