• Categories
  • Archives

ރޮނާލްޑޯއަށް ރަތްކާޑު ދެއްކިމެޗުން ޔުވެންޓަސް މޮޅުވެއްޖެ

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ރޭ ރަށުން ބޭރުގައި ވެލެންސިއާ އާއި ބައްދަލުކޮށް 2-0 އިން މޮޅުވެއްޖެ އެވެ.

ރޭ ކުޅެވުނު މިމެޗްގެ މެޗުގެ 29 ވަނަ މިނިޓްގައި ޔުއެންޓަސްގެ ރޮނާލްޑޯ އަށް ސީދާ ރަތް ކާޑެއް ދައްކާވަނީ ދަނޑުން ފޮނުވާލާފައެވެ. ރޮނާލްޑޯއަށް ރަތްކާޑު ދެއްކީ ބޯޅަ ނެތިސް ވެލެންސިއާގެ ޑިފެންޑަރު ޖެއިސަން މުރީއޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.

ރޮނާލްޑޯ އަށް ރަތް ކާޑު ދައްކަން މެޗުގެ ރެފްރީ ނިންމީ ގޯލުގެ ރޮނގު ކައިރީގައި ހުންނަ އޮފިޝަލުގެ ލަފާ ހޯދުމަށް ފަހު އެވެ. ރަތް ކާޑު ދެއްކުމުން ރޮނާލްޑޯ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ.

މި ރަތް ކާޑާ އެކު ރޮނާލްޑޯ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ރޮނާލްޑޯގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ މެޗު ހިމެނެ އެވެ.

ންތެރިންނާ އެކު ކުޅެމުންދިޔަ ޔުވެންޓަސް އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ލިބުނު ދެ ވަނަ ޕެނަލްޓީ ވެސް ކާމިޔާބުކޮށް ޕިޔަނިޗް ވަނީ ޔުވެންޓަސްގެ ލީޑުފުޅާކޮށްދީފަ އެވެ.

މެޗުގެ ފަހު ވަގުތު ވެލެންސިއާ އަށް ވެސް ޕެނަލްޓީ އެއް ލިބުނެވެ. އެކަމަކު އެ ޓީމުގެ ކެޕްޓަން ޑެނީ ޕަރޭހޯ ފޮނުވާލި ބޯޅަ ޔުވެންޓަސް ގޯލުގައިހުރި ޕޮލެންޑުގެ ގޯލްކީޕަރު ވޮޝިއެޒް ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.

ޗެމްޕިއންސް ލީގުގައި ރޭ ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު 31 އަހަރަށް ފަހު  ޗެމްޕިއަންސް ލީގުގައި ސްވިޒަލެންޑުގެ ޔަންގް ބޯއީސް ކުޅުނު ފުރަތަމަމެޗުން މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް 3 ލަނޑު 0 ލަނޑުންވަނީ ބަލިވެފައެވެ.

މި މެޗުގައި ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި ޔުނައިޓެޑްގެ ފަހު ލަނޑު ޖަހަން މާޝިއަލް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ޕޮގްބާ އެވެ.

މީގެ އިތުރަށް ބަޔާންމިއުނިކް ވަނީ ބެންފީކާއާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުން މޮޅުވެފައެވެ.

އިގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީ ލިއޯންއާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން ބަލިވެފައިވާއިރު ރެއާލްމެޑްރިޑްވަނީ ރޯމާއާއި ބައްދަލުކޮށް 3 ލަނޑު 0 ލަނޑުން މޮޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ސުއަރޭޒްގެ ހެޓްރިކާއެކު ޖިރޯނާ އަތުން ބާސާއަށް ބޮޑު މޮޅެއް

ލަލީގާގައި މިރޭ ޖިރޯނާއާއި ބާސެލޯނާ ބައްދަލުކުރި މެޗު 6 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ބާސެލޯނާއިން ...

ސްޕެއިންގެ ސްޕެނިޝް ސުޕަރ ކަޕް 13 ވަނަ ފަހަރަށް ބާސެލޯނާ ހޯދައިފި

2 ލަނޑު 1 ލަނޑުން  ސެވިއްޔާ ބަލިކޮށް ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ސްޕެނިޝް ސުޕަރ ...

އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފި

ފީފާ ވޯލްޑް ކަޕްގައި އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފިއެވެ. ތިންވަނަ ހޮވުމަށް ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ...

ލިވަޕޫލްއާއި ކުޅެން ޖެހިލުމެއް ނުވޭ – ގާޑިއޯލާ

ލިވަޕޫލްއާއި ކުޅެން އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. ސިޓީގެ ކޯޗް ...

ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ބާސެލޯނާ  ދަތުރުކޮށްފިއެވެ.  ބާސެލޯނާ ސެމީފައނަލަށް ދަތުރުކުރީ ރޭ  ކުޅެވުނު ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗް ...

ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ލަލީގާ ބެލޭނެ ގޮތް ހަދައިފި

ދެކުނު އޭޝިއާގެ ގައުމުތަކަށް ސްޕެނިޝް ލަލީގާގެ މެޗުތައް ދެއްކުމުގެ ރައިޓްސް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކް ...