މޮރީނިއޯ އާއި ޕޮގްބާއާއި ދެމީހުންކުރެން ޔުނައިޓެޑްގައި ދެމިހުރެވޭނީ ކޮންމެވެސް އެކަކަށް ؟

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް މޮރީނިއޯއާއި މިޑްފިލްޑަރ ޕޯގްބާއާއި ދެމީހުންގެ ތެރެއިން  ޓީމުގައި ދެމިހުރެވޭނީ ކޮންމެވެސް އެކަކަށްކަމުގައި އިގިރޭސި މީޑިއާތަކުން ބުނަންފަށައިފިއެވެ.

އިގިރޭސި މީޑިއާތަކުން މިގޮތައް ބުނެފައިވަނީ ޕޮގްބާއާއި މޮރީނިއޯއާއި ދެމެދު މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. މޮރީނިއޯއާއި ޕޮގްބާއާއި ދެމެދު މައްސަލަ ޖެހިފައިވަނީ މޮރީނިއޯ ބޭނުންވާ ފެންވަރުގައި ޕޮގްބާއަށް ނުކުޅެވުމުގެ އިތުރަށް މިސީޒަން ފެށުމުގެ ކުރީން ޕޮގްބާ ބާސެލޯނާއަށް ބަދަލުވާން މަސައްކަތް ކުރުމުންނެވެ.

އިގިރޭސި މީޑިއާތަކުން ބުނާގޮތުން ޔުނައިޓެޑުން އަންނަނީ މޮރީނިއޯ ދޫކޮށްލުމަށްފަހު އަންނަ ސީޒަނުގައި އެޓީމުގެ ކޯޗަކަށް ފްރާންސްގެ ޒައިނުއްދީން ޒިދާން ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ޒިދާނަކީ ރެއާލް މެޑްރިޑްގެ ކޯޗްކަމުގައި އެޓީމަށް ޖެހިޖެހިގެން 3 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ ކާމިޔާބު ކޯޗެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާއަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ކަޓައިފި އެވެ. ލިވަޕޫލް ...

ނޭމާއަށް ފުރިހަމަ ފޯމުގައި ވޯލްޑް ކަޕަށް ތައްޔާރުވެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ

ފްރާންސް ލީގުގައި މާސޭއާއި ޕީއެސްޖީ ބައްދަލު ކުރި މެޗުގައި ފަޔަށް ލިބުނު އަނިޔާ ރަނގަޅު ކުރުމަށް ޕީއެސްޖީގެ ތަރި ...

ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެވެ. ވެލެންސިއާގެ ދަނޑުގައި ރޭ ކުޅެވުނު ...