ސާޖިއޯއަގުއެރޯއަށް އިގިރޭސި ކުރީގެ ފޯވާޑް އެލަން ޝިއަރާގެ ރެކޯޑް ފަހަނަޅާ ދެވިދާނެކަމަށް މެންޗެސްޓަރ ސިޓީގެ ބެނާޑޯ ސިލްވަރ ބުނެފިއެވެ.

އާޖެންޓީނާގެ ފޯވާޑް އަގުއެރޯއާއި އެއްޓީމަކަށް ކުޅެމުންއަންނަ ބެނާޑޯ ސިލްވަރ މިހެންބުނީ ޕްރިމިއާލީގުގެ ލަނޑު ލިސްޓްގެ 4 ވަނައަށް އަގުއެރޯ އެރުމުންނެވެ.

އިގިރޭސި ކުރީގެ ކެޕްޓަން އެލަންޝިއަރާވަނީ ލީގުގައި 260 ގޯލް ޖަހާފައެވެ. އަގުއެރޯއަށް ޕްރިމިއަލާ ލީގުގައި މިހާތަނަށް ޖެހިފައިވަނީ 147 ގޯލެވެ. މިއީ ނިއުކާސަލްއަށް އެލަން ޝިއަރާ ޖަހއިދިން ގޯލްގެ އަދަދާ އެއްވަރުގެ އަދަދެކެވެ.

ޕްރިމިއާ ލީގުގެ ލަނޑު ލިސްޓްގެ ކުރީގައި ދެންތިބީ އާސެނަލްގެ ތިއަރީ އޮންރީއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ރޫނިއެވެ. އޮންރީ ޖަހާފައިވަނީ 175 ގޯލެވެ. ރޫނީ ޖަހާފައިވަނީ 183 ގޯލެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެ

ބާސެލޯނާގެ ކެޕްޓަން ލައޮނަލް މެސީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން ...

ސްޕެނިޝް ލަލީގާ- ބޭނުމީ މިރޭގެ މެޗުން މޮޅުވެ މިކަން ނިންމާލުން- ޒިދާން

ސްޕެނިޝް ލަލީގާގައި މިރޭ ވިލަރެއާލްއާއި ދެކޮޅަށް ނިކުންނައިރު އެންމެބޮޑު ވިސްނުމެއް ހުރީ މެޗުން މޮޅުވެގެން ލީގު ޗެމްޕިއަންކަން ހޯދުންކަމަށް ...

ޔޫރޯ 2020: ގްރޫޕް އޭ- ދެވަނަ ބުރަށް އިޓަލީ އާއި ވޭލްސް

ޔޫރޯ 2020 ގެ ގްރޫޕް އޭ އިން އިޓަލީ އާއި ވޭލްސް އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ...