އަލްހާން ފަހްމީ ޕީޕީއެމުން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހުމީ ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީ.ޕީ.އެމުން ވަކިވެއްޖެއެވެ.

ޕީ.ޕީ.އެމުގެ މެމްބަރުކަމުން އިސްތިޢުފާ ދިންކަން ބަޔާންކޮށް ޕީ.ޕީ.އެމްގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޮނުއްވި ސިޓީގައި އަލްޙާން ބުނެފައިވަނީ ޕާޓީން ވަކިވާން ނިންމީ ރައްޔިތުންގެ ޚިދުމަތުގައި ދެން އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ ގުޅިފައިވާ އިއްތިހާދުގެ ތެރެއިންކަމަށް ޤަބޫލުކުރަތީކަމަށެވެ. މީގެ އިތުރުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް އަލްޙާންގެ ސިޓީގައި ގޮވާލާފައިވެއެވެ.

އަލްޙާން ފަހުމީ ޕީ.ޕީ.އެމުން ވަކިވެ، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން ނިންމާފައި މިވަނީ ޕީޕީއެމާއި ގުޅުނުތާ މަސް ދުވަސްވެސް ނުވަނީހެވެ. ޕީޕީއެމުން އަލްޚާން ވަކިވެފައިވާއިރު އޭނާ ވަނީ މީގެ ކުރިން ޑީއާރުޕީ، އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގައިވެސް ހަރަކާތްތެރިވެފައެވެ. ނަމަވެސް ދެން ގުޅިވަޑައިގަންނަވާނީ ކޮން ޕާޓީއަކާކަމެއް އަލްޙާން ހާމަކުރައްވާފައެއްނުވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދުބާއީގައި މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖޭ ފުލުހުންނާއި ދުބާއީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ، ދުބާއީ ...

އެކުވެރިކަމަމުގެ ހޭންޑްބޯލް މެޗް: ފޭދޫޓީމްއަތުން މީދޫ ޓީމް ބަލިވެއްޖެ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ފޭދޫ ޓީމަކާ މީދޫ ޓީމަކާ ދެމެދު ...