އެންޓި-ޑިފެކްޝަން އަދި އަބުރުގެ ޤާނޫނު އުވާލަނީ

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަށް އެކުލަވާލާފައިވާ ޤާނޫނާއި އަބުރުގެ ޤާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ މިޤާނޫނުތަކުގެ ސަބަބުން އެތައް ބައެއްގެ ޙައްގުތަކެއް ގެއްލިފައިވާއިރު މިޤާނޫނުތައް ބޭނުންކޮށްގެން އެތައް ބައެއްގެ ޙައްގުތަކަށް އަރައިގަނެފައިވާކަމަށެވެ. އަދި މިކަމަށް ނިމުމެއް ގެނައުމުގެ ގޮތުން މާދަމާ މި ދެ ޤާނޫނުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ގޮނޑި ގެއްލުނުކަމަށް ނިންމާފައިވާ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭގޮތަށް އޮތް އޮތުމުގެ ސަބަބުން އެތައް މަސައްކަތްތަކެއް ނުކުރެވި ހުއްޓިފައިވާކަންވެސް ވަހީދު ފާހަގަކުރެއްވިއެވެ.

ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގޮތް ހާމަކުރުމަށް ބޭއްވި ޕްރެސްގައި އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި ޕީޕީއެމް ނިސްބަތްވާ މެމްބަރުންވަނީ ގިނަ ޤާނޫނުތަކެއް އިސްލާހުކުރާނޭކަމަށް ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖުނާވަންޑޭކަޕް 2021: ބްރަދާސްޔުނައިޓެޑް ޗެމްޕިއަންކަން ހޯދައިފި

 ޖުނާ ވަންޑޭ ކަޕް ގެނަމުގައި ކްލަބު ލޮތަރިން ބޭއްވި ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރަދާސް ޔުނައިޓެޑް ހޯދައިފިއެވެ. ...

ފެނަކައިގެ ތެޔޮ ޓޭންކުތައް އާކުރުމުގެ މަސައްކަތް އޭސީސީން ހުއްޓުވައިފި

ރާއްޖޭގެ ރަށްރަށުގައި ތެޔޮ ރައްކާކުރަން ބޭނުންކުރާ ޓޭންކުތައް އާކުރަން ބޭނުންވާ ސާމަނު އެތެރެކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ...

ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި ...