12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި އެކޮމިޝަނުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި-އިލެކްޝަން ނުބޭއްވުމަށް ނިންމި ނިންމުމަކީ، ބާތިލް ނިންމުންތަކެއްކަމަށެވެ. އަދި 12 މެމްބަރުންގެ ގޮނޑީގެ މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑަނާޅަނީސް، އެބޭފުޅުން ހިމަނައިގެން ބާއްވާ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމަކީވެސް ބާތިލް ނިންމުންތަކެއްކަަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

ސުޕްރީމްކޯޓުގެ އަމުރުގައި 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމަނީސް އެކަމާމެދު ބަހުސްކޮށް، ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ބެލެވޭނޭކަމަށް ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު، އެކޮމިޝަނުން މިއަދު ނިންމާފައިވަނީ ކުރިން ބާއްވަން ކަނޑައަޅާފައިވާ 12 ދާއިރާއެއްގެ ބައި-އިލެކްޝަންސް ނުބޭއްވުމަށެވެ. އެނިންމުމާއެކު ބައެއް މީޑިއާތަކުން ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ބުނެ ޙަބަރު ފަތުރާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅު ތެރޭގެ ރައްރަށަށް ދަތުރު ކުރުމުގައި ދެން ހާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި އެއްރަށުން އަނެއް ރަށަށް ހުއްދަނެތި ދަތުރުކުރެވޭނެ ކަމުގައި ނޭޝަނަލް އިމަޖެންސީ ...

ނަޝީދު ވަކިކުރަން ސޮއިކުރައްވަން ކެރިވަޑައި ނުގެންނެވި 4 މެމްބަރުން

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރަން މަޖިލހަށް ހުށަހެޅުނު ލިޔުމުގައި ސޮއި ނުކުރައްވަނީ އެމްޑީޕީގެ ހަތަރު ...

ބޮޑުފިނޮޅުގައި ބިދޭސީން ނިކުމެ ހަމަލާދޭ ވީޑިއޯއެއް!

ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ...