ހިތާއި ފުއްޕާމޭގެ ބަލިތަކަށް ޙާއްސަ މެޑިކަލްކޭމްޕެއް އައްޑޫ ސިޓީގައި ބާއްވަނީ

ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ މެޑިކަލް ކޭމްޕެއް އައްޑޫ ސިޓީގައި ބާއްވަން އޭ.ޑީ.ކޭ ހޮސްޕިޓަލުން ނިންމައިފިއެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމެޑިކަލް ކޭމްޕް އޮންނާނީ މިމަހުގެ 13 އާއި 14 ވަނަ ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. “އޭޑީކޭ ކަމްސްޓު ސައުތް” މި ނަމުގައި ކުރިއަށްގެންދާ މި މެޑިކަލް ކޭމްޕު މެދުވެރިކޮށް ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެކަމަށް ޚާއްސަ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުޞަތު މުޅިން ހިލޭ ލިބިގެންދާނެކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލަކީ ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރާ އެންމެ ދުވަސްވީ ޕްރައިވެޓް ހޮސްޕިޓަލް. އޭ.ޑީ.ކޭ. ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފް ކުރުމަށް އެ ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން، ތަފާތު ދާއިރާތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ސްޕެޝަލިސްޓުންނާއި ސުޕަރ-ސްޕެޝަލިސްޓުންގެ ޚިދުމަތްތައް އެ ހޮސްޕިޓަލުން ފޯރުކޮށްދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ހިތުގެ އަޑިން ޒުވާނުންގެ އަޑު” ހަމްދާ ކިޔާދިނީ ހިތްދަތި އެހެނަސް މިއަދުގެ ޒުވާނުންގެ ހާލަތު

މުޅި މީސްމީޑިއާ ގުގުމާލީ ދިވެހި ޒުވާނެއްގެ އަސަރުގަދަ ވާހަކަތަކާއެކުއެވެ. އެއީ “ދަ ޑިމޮކްރެޓްސް” އިން ޖުލައި 23 ވަނަ ...

ދޭހަ އުނގެނެން ފެށި ދަތުރު

ޖާހިލު އަތްއަތް މަތީން ހިލެމުން އައި ލިއުމެއް އަތަށް އެރިއެވެ. ސްކޫލު ނިޒާމަށް ގެނެވޭ ބަދަލު ހިއްސާކުރުމަށް އެޑިޔުކޭޝަން ...

މަސްތުވާތަކެތީގެ ހާއްޔެ ! އެންމެން ދަންނަ ބޮޑު ސިއްރެއް !

މުޅި ދުނިޔޭގެ ގިނަ ބައެއްގެ ދިރިއުޅުން ހަލާކުކުރުމުގައި ބޮޑުދައުރެއް އަދާކުރާ އެކައްޗަކީ މަސްތުވާ ތަކެއްޗެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ...