• Categories
  • Archives

ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނު މިނިވަންވެއްޖެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކޮށްފިއެވެ.

އެއް އަހަރާއި، ހަތް މަހާއި، ހަ ދުވަހަށް ރައީސް މައުމޫނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ބާތިލުކޮށްފައިވަނީ އެ މައްސަލައިގައި ރައީސް މަޢުމޫންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށައެޅުއްވި އިސްތިޢުނާފުގެ މައްސަލަ ނިންމައި އިއްވި ހުކުމުގައެވެ.

މި މައްސަލަ ނިންމައި ހައިކޯޓުން މިއަދު ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ  ރައީސް މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުގައި ޢަމަލުކުރި އިޖުރާޢަތުތައް ގޯސްކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިޖްރާއާތެއް ރަނގަޅު ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި އެއްބަސްވެފައިވާކަމަށާއި، އެމަނިކުފާނުގެ ވަކީލުން ދަށު ކޯޓުގައި މައްސަލަ ދޫކޮށްލުމުން އެހެން ވަކީލުން އައްޔަން ކުރަން އެމަނިކުފާނަށް ދަށު ކޯޓުން ދިނީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށްވެސް ދައުލަތުން ހައި ކޯޓުގައި އެއްބަސްވެފައިވާކަން ވަނީ ފާހަގަކޮށްފައިވެއެވެ.

ކުރީގެ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން 2 ދަޢުވާއެއް އުފުލާފައިވާއިރު، މީގެ ތެރެއިން ފުލުހުން ތަޙްޤީޤްކުރަމުންދާ މައްސަލައަކާގުޅިގެން ތަޙްޤީޤަށް ފޯނު ނުދެއްވި މައްސަލާގައި، ރައީސް މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، ދައުލަތުން އުފުލި ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަކީ ޤާނޫނުއަސާސީއާއި، ޤާނޫނީ އިޖްރާއަތްތަކާއި، ޝަރުޢީ އިޖްރާއަތްތަކާއި ޚިލާފަށް އިއްވާފައިވާ ހުކުމެއްކަމަށް ފެންނާތީ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން ވަކިގޮތެއް ނިންމަންދެން ޖަލުބަންދުގައި ބެހެއްޓުމަކީ އިޢާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިދާނެކަމެއްކަމަށް ވިދާޅުވެ ރައީސް މައުމޫނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދުމުން، ހައިކޯޓުން މިދިޔަމަހުގެ 30 ވަނަ ދުވަހު ވަނީ ރައީސް މަޢުމޫން ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.

ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނުވަނީ މިހާރު މިނިވަންވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ކޯވިޑް-19 : މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު 13 އަަށް

އިތުރު ދިވެއްސަކު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ. މި މީހާ ...

ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް ދިޔަ ދެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫ ސިޓީގެ ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރިއުޅުނު ދެ ކުއްޖަކު ގެއްލިގެން އެމްއެންޑީއެފުން އެ ކުދިން ހޯދުމުގެ ...

ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފުލޫ ކްލިނިކެއް ހުޅުވައިފި

ކޮވިޑް-19 އާއި ގުޅިގެން ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ. ހުޅުމީދޫ ސިއްހީމަރުކަޒު ކައިރީގައި ހުންނަ ...

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެވެ. މި އަހަރު ރާއްޖެ ...

ޤައުމީ ދުވަސް

ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ...

އަންނަ ހަފްތާގައި ސިޓީ ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދިނުމަށް ހުށަހަޅާނަން – ރައީސް ސޯލިހު

ސިޓީ ކައުންސިލްތަކަށް ބާރުތައް ދީގެން ނޫން ގޮތަކަށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ނުދެވޭނެކަމަށާ  މިގޮތުން އަންނަ ހަފްތާގައި އޮންނަ ...