މުއްސަދުގެ ގޯލުން އެފްސީ ޝައުގަށް މޮޅެއް

މުއްސަދުގެ ގޯލުން ގައުމު އެފްސީގެ މައްޗަށް އެފްސީ ޝައުގު ކުރި ހޯދައިފިއެވެ.

މިހާރު މީދޫގައި ކުރިއަށް ގެންދާ ގަންބުރި ޗެލެންޖް 2018 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މީދޫ ދަނޑުގައި ކުޅެވުނު މި މެޗު އެފްސީ ޝައުގު  ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މުއްސަދު ކާމިޔާބުކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ މެޗްގެ ފަހުހާފުގައެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ދާދިހަހަމަ ކުޅުމެއް ފެނިގެން ދިޔަނަމެސް މެޗްގެ ފަހުހާފްގައި  އެފްސީ ޝައުގަށް  އަދި ގައުމު އެފްސީއަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއްލިބި ވަނީ ބޭކާރުވެފަ އެވެ.

މިގޮތުން އެފްސީޝައުގުން ލަނޑު ޖެހުމުގެ ކުރީން ގައުމު އެފްސީއަށް ލިބުނު ޕެނަލްޓީގައި މުންސިފު ފޮނުވާލީ ބޯޅަ އެފްސީ ޝައުގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. އަދި މީގެ އިތުރަށް ގައުމުގެ ނިޝާމުއަށްވެސް ލަނޑު ޖަހަން މުޅިން ހުހަށް ލިބުނު ބޯޅަވެސް ނިޝާމު ފޮނުވާލާފައިވަނީ ބޭރަށެވެ.

މޮޅު ކުޅުންތެރިޔާ ކީޕަރު އަހުމަދުއާއި އެފްސީ ޝައުގުގެ ކެޕްޓަން ހަސަންދީދީ

މިމެޗްގައި އެފްސީ ޝައުގުގެ މުހައްމަދު ރަޝީދު އަދި މުއްސަދުއަށްވެސް ލަނޑު ޖަހަން މުޅީން ހުސްކޮށް ލިބުނު އެތައް ފުރުސަތުތައް ބޭނުން ކުރެވޭގޮތެއް ނުވިއެވެ.

މިމެޗުން އެފްސީ ޝައުގެ މޮޅުވުމުން  އެޓީމަށް 2 މެޗު ކުޅެގެން 3 ޕޮއިންޓް ލިބިފައިވާއިރު މި މެޗުން ދެރަވި ގައުމު އެފްސީއަށް ދެމެޗުން ލިބިފައިވަނީ 1 ޕޮއިންޓެވެ.

މިއަދުގެ މެޗުން މޮޅުވި އެފްސީ ޝައުގު މިމުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި ގައުމު ޖޫނިއާސްއާއި ބައްދަލުކޮށް 4 ލަނޑުން ބަލިވެފައިވާއިރު މިއަދުގެ މެޗުން ދެރަވި ގައުމު އެފްސީ މިމުބާރާތުގައި ފުރަތަމަ ކުޅުނުމެޗްގައި ޓޫބްރަދާސްއާއި ބައްދަލުކޮށް 1 ލަނޑު 1 ލަނޑުންވަނީ އެއްވަރުވެފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ޝައުގެ ގޯލްކީޕަރު އަހުމަދުއެވެ.

މިމުބާރާތުގައި މާދަމާ  ކުޅެވޭމެޗްގައި ބައްދަލުކުރާނީ ގައުމު އެފްސީއާއި ގައުމު ޖޫނިއާސްއެވެ.

އެފްސީ ޝައުގާއި ގައުމު އެފްސީ ބައްދަލުކުރިމެޗްގެ ތެރެއިން

މިއަދުގެ މެޗްގައި ލަނޑު ކާމިޔާބުކޮށްދިން މުއްސަދު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަން ޗެމްޕިއަންޝިޕް އައްޑޫ މުބާރާތް: ފޭދޫޓީމާ ހިތަދޫޓީމް ބައްދަލުކުރިމެޗް ފޭދޫޓީމް ކާމިޔާބުކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގެ އައްޑޫއަތޮޅު މުބާރާތުގައި  ހިތަދޫޓީމާއި ފޭދޫ ޓީމް ބައްދަލުކުރިމެޗް  ފޭދޫޓީމް ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު ހިތަދޫ ރަސްމީ ...

ޕޯޗުގަލް އަދި ޕޮލެންޑް ވެސް ވޯލްޑް ކަޕަށް

އަންގާރަދުވަހުގެ ރޭ ކުޅުނު މެޗުތަށް ކާމިޔާބުކޮށް ޕޯޗުގަލް އަދި ޕޮލެންޑް ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ. ޕޯޗުގަލް 8 ...

އެލްކްލެސިކޯ މެޗް ބާސާ ބަލިކޮށް ރެއާލް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ކުޅެވުނު އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ބަލިކޮށް ރެއާލްމެޑްރިޑް މެޗް ކާމިޔާބުކޮށްފިއެވެ. މިމެޗް ...