• Categories
  • Archives

އައްޑޫ ސިޓީ ގަމުން ދަތުރުކުރާ މީހުންނަށް ސްރީލަންކަންގެ “މީލް ޕްރީ-އޯޑަރ”

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ގަމުން ދަތުރުކުރާ ފަރާތްތަކަށް އެމީހަކު ބޭނުން މީލް ޕްލޭނެއް އޯޑަރ ކުރެވޭނެ ޚިދުމަތެއް ފެށުމަށް ސްރީލަންކަން އެއާލައިންސްއިން ނިންމައިފިއެވެ.

ސްރީލަންކަން އެއާލައިންސްއިން ބުނީ އައްޑޫ ސިޓީ ގަމުން ދަތުރުކުރާ މީހުން ފުރުމުގެ 48 ގަޑިއިރު ކުރިން އެމީހަކު ބޭނުން މީލް ޕްލޭނެއް އޯޑަރ ކުރެވޭނެ ކަމަށާއި، މީލް އޯޑަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން ފޭދޫގައި ހުންނަ ސްރީލަންކަންގެ ޓިކެޓް އޮފީހަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް ސްރީލަންކަންއިން ބުނެއެވެ.

މީލް ޕްރީ-އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްރީލަންކަންގެ ވެބްސައިޓް މެދުވެރިކޮށް މީލް ޕްލޭންތަކުގެ މެނޫ ބަލާލެވޭނެކަމަށްވެސް އެއެއާލައިނުން ބުނެއެވެ. މީލްތަކުގެ އަގު އުޅެނީ 10 ޑޮލަރާއި 25 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.

މީގެ އިތުރުން، ކުރިއަށްއޮތް ސްކޫލް ބަންދާ ދިމާކޮށް އައްޑޫސިޓީ ގަމާއި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާ ދެމެދު ދަތުރުކުރާ ފަރާތްތަކާއި ތައިލެންޑްގެ ވެރިރަށް ބެންކޮކުން ގަމަށް ދަތުރުކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ބެގޭޖް ޕްރޮމޯޝަނެއްވެސް ސްރީލަންކަން އެއާލައިންއިން ފަށައިފާއިވާކަމަށާ ގަމާއި ޑާކާއާ ދެމެދު އަދި ބެންކޮކުން ގަމަށް ދަތުރުކުރާ ފަރާތްތަކަށް ބެގެޖް އެލަވެންސްގެ ގޮތުގައި 40ކިލޯ ލިބޭނެ ކަމަށްވެސް އެއެއާލައިނުން ބުނެއެވެ.

އަހަރީ ޗުއްޓީއާ ދިމާކޮށް ސްރީލަންކަން އެއަރލައިންއިން އައްޑޫސިޓީއިން ދަތުރުކުރާ މަންޒިލްތަކަކީ ދިވެހިން ޢާންމު ގޮތެއްގައި ޗުއްޓީއަށާއި، ބޭސްފަރުވާއަށާއި ޒަރޫރީ އެހެނިހެން ބޭނުންތަކަށް ދަތުރުކުރާ މަންޒިލްތައްކަން ފާހަގަ ކުރެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ތަފާތު ވިޔަފާރިތަކާއެކު އައްޑޫގައި ޝޮޕިންގް މޯލެއް ހުޅުވަނީ

ތަފާތު ވިޔަފާރިތަކާއި އެހެނިހެން ހިދުމަތްތަކާ އެކު، އައްޑޫސިޓީގެ ފޭދޫގައި ޝޮޕިންގް މޯލެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ. ...

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޑް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގެންނެވިކަން ...

ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ފުވައްމުލަކުން  ފެށިގެން އައްޑޫ ސިޓީއާ ހަމައަށް   މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ...

މަރަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ މަރަދޫ ބޮޑު މަގުގައި ސައިކަލަކާ ކާރެއްޖެހި އެކްސިޑެންޓެއް ހިގައިފިއެވެ. ރޭ 10:00 ހާއިރު މަރަދޫ ގްލެޑްކެފޭ ...

މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ރޮޒެއިނާ އާދަމް ކާމިޔާބު ކުރައްވައިފިއި

ރަށްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާއިރާގެ އެމްޑީޕީ ޕްރައިމަރީ ރޮޒެއިނާ އާދަމް ކާމިޔާބު ކުރައްވައިފިއެވެ. މިހާރުވެސް މީދޫ ދާއިރާގެ ...

”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި

”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި އެވެ. ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދާ “މުސްލިމް ކިޑްސް ޓީވީ” އަކީ ...