• Categories
  • Archives

އިންތިޚާބު ބާތިލް ނުކުރާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް ކަނޑައަޅައި އިންތިޚާބު ބާތިލް ނުކުރާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވުމަށްފަހު، އިންތިޚާބު ބާތިލު ނުކުރުމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޙުކުމްގައި ބުނެފައިވަނީ އެމްސެވަންއަށް ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް ދިނުމަކީ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް ފުރުޞަތު ދިން ކަމުގެ ދަލީލެއް ނޫން ކަމަށެވެ. އަދި އެކުންފުނިން ވޯޓު ކަރުދާހުގައި މަކަރު ހެދިކަމާއި ނާޖާއިޒު ފައިދާ ނެގިކަން ސާބިތު ކޮށްދޭން މައްސަލަ ހުށަހެޅުއްވި ފަރާތުން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅާފައި ނުވާ ކަމަށް ޙުކުމްގައި ބުނެފައިވެއެވެ.

ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށްފަހު ބަހައްޓާފައިވާ ތަނަކީ ސެކިއުރިޓީ ދަށް ތަނެއް ކަމަށް އިލެކްޝަނުން މި މައްސަލާއިގެ އަޑުއެހުންތަކުގައި ބަޔާންކޮށްފައިވީ ނަމަވެސް ޙުކުމްގައި ބުނެފައިވަނީ ވޯޓު ކަރުދާސް ބަހައްޓާފައި ހުރި ތަނުގެ ސެކިއުރިޓީ ދަށް ކަމާއި ވޯޓު ކަރުދާހަށް ބަދަލުތަކެއް ގެނެސްފައިވާ ކަމުގެ އެއްވެސް ހެއްކެއް މައްސަލަ ހުށަހެޅުއްވި ފަރާތަށް ޝަރީޢަތަށް ހުށަހެޅިފައި ނުވާ ކަމަށް ޙުކުމްގައި ބުނެފައިވެއެވެ.

އަދި ބުނެފައިވަނީ އެތަނަށް އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ނޫން އެހެން ބަޔަކު އެތަނަށް ވަން ކަމަށް މައްސަލަ ހުށަހެޅުއްވި ފަރާތުން ބުނެފައިވީ ނަމަވެސް ވޯޓު ކަރުދާސް ބަހައްޓާފައިވާ ތަނުގެ ސަލާމަތީ ކަންކަން ދަށްވެގެން އެކަމުގެ އެއްވެސް ރިޕޯޓެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށް ޙުކުމްގައި ބުނެފައިވެއެވެ.

މައްސަލަ ހުށަހެޅުއްވި ފަރާތުން އިންތިޚާބުގައި ފާހަގަ ޖެހުމަށް ބޭނުން ކޮށްފައިވާ ގަލަމަކީ ދެލި ފުހެވޭ ގަލަމެއް ކަމަށް ބުނެފައިވާއިރު ވޯޓުލާއިރު އަމިއްލަ ގަލަމެއް ގެންދަން އިލްތިމާސްކޮށްފައިވާ ކަމަށްވެސް ޙުކުމްގައި ބުނެފައިވެއެވެ. އަދި މަރުކަޒުގައި ހުރި ގަލަމަކީ ދެލި ފުހެވޭ ގަލަމެއް ކަމަށް ތުހުމަތުކުރާއިރު އަމިއްލަ ގަލަމުން ވޯޓުލީ މީހުންގެ ޢަދަދާއި މަރުކަޒުގައި ހުރި ގަލަމުން ވޯޓުލީ މީހުންގެ ޢަދަދެއް މައްސަލަ ހުށަހެޅުއްވި ފަރާތުން ހުށަހަޅާފައިނުވާކަން ޙުކުމްގައި ބަޔާންކޮށްފައިވެއެވެ.

އިންތިޚާބު ބާތިލް ކުރުމަށްވެސް ހުށަހަޅާފައިވާ މައްސަލާއިގެ ޙުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ވޯޓުގެ ފަރަޤު ބަދަލުވެ ނަތީޖާއަށް އަސަރު ކުރާވަރުގެ ކަންކަން ހިނގި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އިންތިޚާބު ބާތިލް ކުރަނީ ތީޖާއަށް އަސަރު ކުރާ ވަރުގެ ކަންކަން ހިނގާފައި އޮތުމުން ކަމަށެވެ.

ފުލުހުންނާއި ސިފައިން މެދުވެރިކޮށް އިންތިޚާބުގައި ހިނގާފައިވާ ކަންކަން ތަޙްޤީގު ކޮށްދިނުމަށް މައްސަލަ ހުށަހެޅުއްވި ފަރާތުން އެދިފައިވީ ނަމަވެސް އެކަން އެގޮތަށް ތަޙްޤީގް ކޮށްދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޙުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގައި އެކަށީގެން ނުވާ ނުފޫޒެއް ފޯރާފައިވާ ކަމުގެ އެއްވެސް ދަލީލެއް އެ މައްސަލާގައި ހުށަހެޅިފައި ނެތް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

“ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ”ގެ އެއްވަނަ އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ހޯދައިފި

ޕަބްލިކް ސަރވިސް މީޑިއާއިން ގެނެސްދޭ މަޝްހޫރު ޤުރްއާން މުބާރާތް ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ފަޙްރުވެރި އެއްވަނަ ...

ސީޕީ އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަން ހާމަކުރައްވާ ފުލުހުން ވިދާޅުވީ ...

ކޮމަންޑޫ މަގުމަތީގައި އުމުރުން ދުވަސްވީމީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ށ. ކޮމަންޑޫގައި އުމުރުން ދުވަސްވީ މީހަކު މަގުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ...

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޑް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގެންނެވިކަން ...

މަޙްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން އަންގައިފި

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ...

ރޮޒޭ މަޖިހުގައި އިންނަންޖެހޭ – ރައީސް ސޯލިހު

ރޮޒޭއަކީ އަޅުގަޑުމެންގެ ވައުތުތަކަށް ފުރިހަމައަށް ތާއީދުކޮށްގެން ހުންނެވި އެކަން ގަބޫލްކުރާ ބޭފުޅެއްކަމަށާ  އަޅުގަޑުމެންގެ މެނިފެސްޓޯ ތަންފީޒުކުރުމާއި އެޖެންޑާ19 ތަންފީޒުކުރުމަށްޓަކައި ...