• Categories
  • Archives

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ޤާސިމް އިބްރާހިމް ހޮވިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް އިންތިޚާބުކޮށްފިއެވެ.

މަޖިލީހުގެ ރައީސްގެ މަޤާމަށް ޤާސިމް އިބްރާހީމް އިންތިޚާބުކުރީ، މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުޙައްމަދު އިސްތިއުފާދެއްވުމާ ގުޅިގެނެވެ.

މަޖިލީހުގެ ރައީސްގެ މަޤާމަށް ޤާސިމް އިބްރާހީމް އިންތިޚާބުވެވަޑައިގަތީ، މަޖިލީހުގެ ރައީސް އިންތިޚާބުކުރުމަށް ނެގި ސިއްރު ވޯޓުގައި ބައިވެރިވެވަޑައިގަތް 80 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ގާސިމްއާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއަށް ލިބިވަޑައިގަތީ 16 ވޯޓެވެ.

މަޖިލީހުގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން ގާސިމް އިބްރާހިމްގެ ނަންފުޅު ހުށަހެޅުއްވީ އިންތިޚާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހުއެވެ. އެހުށަހެޅުމަށް ތާޢީދުކުރެއްވީ އިންތިޚާބީ ނާއިބު ރައީސް އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.

ގާސިމް އިބްރާހިމްއާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ. އެހުށަހެޅުމަށް ތާޢީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ.

ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާއިރު އެމަނިކުފާނު މީގެ ކުރިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްގެ މަޤާމު އަދާކުރައްވާފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ފުޅުބޯޅަ ދަނޑުގައި ބޭއްވުމައް ނިންމައިފިއެވެ. ރައީސް ...

ރާއްޖޭގައި މަޖިލިސް ކުރިޔަށް ދާ ގޮތާމެދު އައިޕީޔޫން ތައުރީފުކޮށްފި

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު، މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަވާ ގޮތާމެދު، އިންޓަރ ޕާލަމެންޓްރީ ޔޫނިއަންގެ ބައްދަލުވުމުގައި ...

އެންޓި ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީއިން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުމްގެ މަޖިލީހަށް ހުސަހެޅި އެންޓި ޑިފެކްޝަން ...

ބުއްދިވެރި ގޮތަކީ އަޅުގަނޑާއެކު ސިޔާސީ ލީޑަރުން މިނިވަންކުރުން – ނަޝީދު

މިދަނޑިވަޅުގައި ރައީސް ޔާމީނަށް ބުއްދިވެރި ގޮތަކީ ކުށުގެ ތުޙުމަތުގައި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކުރުންކަމަށް ކުރީގެ ރައީސް ...

ނަޝީދުގެ ސަރުކާރުގައި ނަގާފައިހުރި އާންމު ރައްޔިތުންގެ ބިންތައް އެރައްޔިތުންނަށް އަނބުރާ ދެނީ

ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގެ ޢާއްމު ރައްޔިތުން އަތުން ނަގާފައިހުރި އެ ރައްޔިތުންގެ ބިންތައް އަނބުރާ ދޭން ނިންމަވައި ...

ގާނޫނީ އިމުގެ ތެރެއިން ރައީސް އަޅުގަނޑުމެންނަށް ހައްގުތައް ހޯދައިދޭނެ- މޫސާ މަނިކު

ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އިދިކޮޅު ފަރާތްތަކުން އެެއްބާލުން ނުދިނަސް ، ގާނޫނީ އިމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ހައްގުތައް ...