ކްލަބް ރެޑްއެންޓްސްއިން ގައުމު ޖޫނިއާސް ބަލިކޮށްފި

ގަންބުރި ޗެލެންޖް 2018 ގައި ގައުމު ޖޫނިއާސްއާއި ބައްދަލުކޮށް 4 ލަނޑު 0 ލަނޑުން ބަލިވެފައިވާ ޝައުގު ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި ރެޑްއެންޓްސްގެ ނަމުގައި ބައިވެރިވެ  ގައުމު ޖޫނިއާސްއާއި ބައްދަލުކުރިމެޗު  1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް  ގަންބުރި ޗެލެންޖް ގައި 4 ލަނޑު 0 ލަނޑުން ބަލިވި ބަލިވުމުގެ ބަދަލު ހިފައިފިއެވެ.

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗުގައި ކުލަބް ރެޑްއެންޓްސްއިން ކާމިޔާބުކުރި ލަނޑު މެޗްގެ ފަހުހާފްގެ ކުޅުމުގައި ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅުނު ހިތަދޫގެ ކުޅުންތެރިއެއްކަމުގައި މޫސައެވެ.

މޫސަ ކާމިޔާބުކޮށްދިން މި ލަނޑަކީ ދަނޑުގެ މެދަކާ ހިސާބުން އޭނަފޮނުވާލި ބާރު ބޯޅައެއް ގައުމު ޖޫނިއަސްގެ ގޯލްތެރެއަށް ވަދެގެން ކާމިޔާބުކޮށްފައިވާ ލަނޑެލެވެ.

މިމެޗްގައި ގައުމު ޖޫނިއާސްއަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައިވާތަން ފެނިގެންދިޔައެވެ. އަދި މީގެއިތުރަށް ގައުމު ޖޫނިއާސްއިން ފޮނުވާލި ބައެއް ބޯޅަތައް ރެޑްއެންޓްސްގެ ގޯލްކީޕަރުވަނީ ދިފާކޮށްފައެވެ.

މިމެޗް ގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެޑްއެންޓްސްއަށް ލަނޑު ކާމިޔާބުކޮށްދިން މޫސައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސެނެގާލް އަދި ނެދަލެންޑްސް ދެވަނަ ބުރަށް

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ނެދަލެންޑްސް އާއި ސެނެގާލް ...

ނޭމާއާ ނުލާ ނުކުތް ބްރެޒިލުން ސްވިޒަލޭންޑް ބަލިކޮށް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕުގައި ނޭމާއާ ނުލާ ނުކުތް ތަރިންގެ ބްރެޒިލުން ސްވިޒަލޭންޑް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށް ...

ލީގު ކަޕް: ތިންވަނަ ބުރުން ޗެލްސީއާއި އާސެނަލް ކަޓައިފި

އިނގިރޭސި ލީގު ކަޕް ގެ ތިންވަނަ ބުރުގައި އާސެނަލްއާއި ބްރައިޓަން ބައްދަލުކުރި މެޗުން އާސެނަލް ބަލިވެ މުބާރާތުން ކެޓިއިރު، ...